ޔަމަންގެ ހަނގުރާމަވެރި ޖަމާއަތް ހޫތީން، ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އާދީއްތަ ދުވަހު ދިން ހަމަލާއެއްގައި، އެ ޤައުމުގައި ދިރިއުޅެމުންދިޔަ ޕާކިސްތާނު ރައްޔިތަކު މަރުވެ އިތުރު 11 މީހަކު ޒަޚަމްވެއްޖެއެވެ.
މިކަން ކަށަވަރުކޮށްދީފައި ވަނީ ސަޢޫދީގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން ނެރުނު އަދާހަމަ ބަޔާނެއްގައެވެ.
ގާކާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މި ހަމަލާގައި އަނިޔާވި 11 މީހުންނަށް ބޭނުންވާ ޞިއްޙީ ފަރުވާ އަވަހަށް ފޯރުކޮށްދިނުމަށްޓަކައި، އެ މީހުން ވަގުތުން ވަނީ ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ.
މީގެއިތުރުން، މި ހާދިސާއާ ގުޅިގެން އެއާޕޯޓަށް ލިބުނު މާއްދީ ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަދިވެސް ކުރިއަށްގެންދާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
އަދި ކަމާގުޅުންހުރި އެކި އެޖެންސީތަކާ ގުޅިގެން، އެއާޕޯޓުގެ އެކި ވަސީލަތްތަކާއި ޚިދުމަތްދޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ވެސް ކަމާބެހޭ އިދާރާތަކުން މެދުކެނޑުމެއްނެތި ކުރަމުންދާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކުރެއެވެ.
GRAPHIC CONTENT: Footage from Saturday’s terrorist attack targeting Umrah pilgrims travelling through Riyadh Airport on their sacred journey to the House of Allah.
May Allah Almighty shower His infinite mercy upon the martyrs, grant them the highest ranks of Jannatul Firdaus, and bless the injured with a swift and complete recovery.
May Allah’s curse be upon the perpetrators of this heinous atrocity. May He defeat the Houthi terrorist militia and bring to justice all those who finance, enable, support, or justify acts of terrorism against the Kingdom of Saudi Arabia and its innocent people.
O Allah, protect the Land of the Two Holy Mosques, its people, its pilgrims, and its sacred sanctuaries from every evil. Ameen. https://t.co/0k9SP0b0q0
— Inside the Haramain (@insharifain) October 12, 2026
މި ހާދިސާގައި މަރުވި އަދި ޒަޚަމްވި މީހުންގެ އަދަދުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ގާކާއިން ހާމަކޮށްފައި މިވަނީ، އެ ސަރަޙައްދުގެ އެއާޕޯޓުތަކަށް އަމާޒުކޮށް އައު ހަމަލާތަކެއް ދީފައިވާކަން ކުރިން އިޢުލާނުކުރުމަށް ފަހުގައެވެ.
އެގޮތުން ކުރިން އިޢުލާނުކޮށްފައި ވަނީ، ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ދަންމާމުގައި ހުންނަ ކިންގް ފަހަދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ވެސް އިތުރު އައު ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސަޢޫދީ ޢަރަބިއްޔާގެ މަދަނީ އަދި ވައިގެ ދަތުރުފަތުރާ ގުޅޭ މުހިންމު އިންފްރާސްޓްރަކްޗަރތަކަށް އަމާޒުކޮށް އަންނަނީ ސިލްސިލާ ޙަމަލާތަކެއް ދެމުންނެވެ. މި ޙަމަލާތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫއެރުންތަކެއް ކުރިމަތިވެ، ބައިނަލްއަޤްވާމީ ފެންވަރުގައި ކަންބޮޑުވުން ވަނީ އުފެދިފައެވެ.
މިގޮތުން ސަޢޫދީގެ ވެރިރަށް ރިޔާޟުގައި ހުންނަ ކިންގ ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓަށް ތަކުރާރުކޮށް ވަނީ ޙަމަލާތައް އަމާޒުވެފައިވާއިރު، އޮކްޓޯބަރު 10 ގައި ދިން ޙަމަލާގައި 12 މީހުން މަރުވެ، ފަސިންޖަރުންނާއި އެއަރޕޯޓްގެ މުވައްޒަފުން ހިމެނޭހެން 300 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. އަދި އޮކްޓޯބަރު 11 ގައި ދެވުނު އިތުރު ޙަމަލާއެއް ޓަރމިނަލް 4 އަށް އަމާޒުވެ، ޕަސެންޖަރ ހޯލެއްގައި އަލިފާން ރޯވެ އެކަކު މަރުވެ 11 މީހުން ޒަޚަމްވިއެވެ.
މީގެ އިތުރުން އިރުމަތީ ޕްރޮވިންސް ދަންމާމްގައި ހުންނަ ކިންގ ފަހަދު އިންޓަރނޭޝަނަލް އެއަރޕޯޓަށް ވެސް ޙަމަލާ އެރިކަން ސަޢޫދީގެ ސިވިލް އޭވިއޭޝަން އިދާރާތަކުން ކަށަވަރުކޮށްދީފައިވެއެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވަނީ ރިޔާޟާއި ދަންމާމް އެއަރޕޯޓުގެ އިތުރުން ސަޢޫދީ އަރާމްކޯގެ މަރުކަޒުތަކަށް (ޝަދްޤަމް ގޭސް ޕްލާންޓާއި ތަނާޖީބު ތެޔޮ މަރުކަޒު ހިމެނޭހެން) ދިން ޙަމަލާތަކުގެ ޒިންމާ އުފުލާފައެވެ. މީގެއިތުރުން ސަޢޫދީގެ ދެކުނު ހުޅަނގުގައިވާ ޖީޒާން، ނަޖްރާން އަދި އަބްހާ ފަދަ ސަރަޙައްދީ އެއަރޕޯޓްތަކަށް ވެސް ހަފްތާގެ އެކި ދުވަސްމަތިން ޑްރޯނާއި މިސައިލް ޙަމަލާތައް ދޭން މަސައްކަތްކޮށްފައިވެއެވެ.
މި ހަމަލާތަކާއި ގުޅިގެން ކިންގ ޚާލިދު އެއަރޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލަން ޖެހުމާ ގުޅިގެން މައި އެއަރލައިންތަކުގެ އެތައް ސަތޭކަ ފްލައިޓެއް ލަސްވެ ނުވަތަ ކެންސަލްވިއެވެ. އަދި ބައިނަލްއަޤްވާމީ އަދި ޔޫރަޕްގެ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ސަޢޫދީގެ ވައިގެ ސަރަޙައްދަށް ދިން އިންޒާރުތައް ފުޅާކުރުމާ ގުޅިގެން، ބޭރުގެ ބައެއް އެއަރލައިންތަކުން ވަނީ ސަޢޫދީގެ ސިޓީތަކަށް ކުރާ ދަތުރުތައް ކެންސަލްކޮށްފައެވެ.
މި ހަމަލާތަކާއި ގުޅިގެން ކޯލިޝަންގެ ތަރުޖަމާނު ތުރްކީ އަލްމާލިކީ ވަނީ ޢާންމު ދަތުރުފަތުރުގެ މަރުކަޒުތަކަށް ދިން މި ޙަމަލާތަކަކީ "ފުރިހަމަ ހަނގުރާމައިގެ ޖަރީމާއެއް" ކަމަށް ސިފަކުރައްވައި، ހަރުކަށި ރައްދެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ބަދަލުހިފުމުގެ ގޮތުން ޔަމަނުގެ ޞަންޢާއާއި އެހެނިހެން ސަރަޙައްދުތަކުގައިވާ ހޫތީންގެ އަސްކަރީ މަރުކަޒުތަކަށް ކޯލިޝަނުން ވަނީ ވައިގެ ޙަމަލާތަކެއް ދީފައެވެ.
އދ. އިން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބުގެ އިތުރުން އެމެރިކާ، ތުރުކީވިލާތް، ޕާކިސްތާން އަދި މިޞްރު ފަދަ ޤައުމުތަކުން މި ޙަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އަދި މަދަނީ ވައިގެ ދަތުރުފަތުރަށް އަމާޒުކުރުމަކީ މުޅި ސަރަޙައްދު އިތުރު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލާނެ ކަމެއް ކަމުގެ އިންޒާރު އެ ފަރާތްތަކުން ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!