ހއ. ހޯރަފުށީ ކައުންސިލުން އެ ރަށުގެ ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ކުއްޔަށް ދިނުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ހޯރަފުށީގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، ކައުންސިލްގެ އިޚްތިޞާޞްގެ ދަށުގައިވާ ސަރަޙައްދުތަކުން ޖުމްލަ ހަ ބިމެއް ދޫކުރުމަށް ވަނީ ހުޅުވާލާފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ޖުމްލަ ހަ ގެސްޓްހައުސް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 އޮކްޓޫބަރު 2026 ވާ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ރަޖިސްޓްރީވެ، ބިޑް ޑޮކިއުމަންޓް ބައްލަވައިގަންނަން ޖެހެއެވެ. ރަޖިސްޓްރީވުމަށްޓަކައި ޚާއްޞަ ގޫގުލް ފޯމު ލިންކު (https://forms.gle/GG6GtSZKU3wTD8ns9) މެދުވެރިކޮށް ހުށަހެޅޭނެއެވެ.
މާލީ އަދި ފަންނީ ޤާބިލުކަން ހުރި ފަރާތްތަކުން މި ބީލަމުގައި ބައިވެރިވެ، ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ 12 އޮކްޓޫބަރު 2026 ވާ ދުވަހުގެ ހެނދުނު 11:00 ގައި ހޯރަފުށީ ކައުންސިލް އިދާރާގައެވެ.
މި ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށާއި ރަޖިސްޓްރޭޝަނާ ގުޅޭ ކަންކަމުގައި ހއ. ހޯރަފުށީ ކައުންސިލް އިދާރާގެ އީމެއިލް (procurement@hoarafushi.gov.mv) މެދުވެރިކޮށް ގުޅުއްވުމަށް ކައުންސިލުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!