ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ''ނެއްލައިދޫ ކައުންސިލްކަޕް ތިންވަނަ ހޭންޑް ބޯލް މުބާރާތު''ގެ ޗެމްޕިއަންކަން ވާދަވެެރިކުޅުމަކަށްފަހު ޓީމް ހަބޭސް ހޯދައިފިއެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު ފައިނަލްގައި ހަބޭސް އާއި ވާދަކުރީ ޑީވާސް އެވެ. މި މެޗު ކާމިޔާބުކޮށް ހަބޭސް އިން ޗެމްޕިއަންކަން ހޯދީ 33-26 ގޯލުން މެޗު ކާމިޔާބުކޮށްގެންނެވެ.

Ad
rt

''ނެއްލައިދޫ ކައުންސިލްކަޕް ތިންވަނަ ހޭންޑް ބޯލް މުބާރާތު''ގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ އާމިނަތު އިބްރާޙީމް އަދި މެންބަރު ޚަދީޖާ އަލީއެވެ.

ފައިނަލްމެޗުގެ ކްއީން އޮފް ދަ މެޗް އައިމިނަތު މަލާޒާ، ފޮޓޯ: ނެއްލައިދޫ ކައުންސިލް

ފައިނަލްމެޗުގެ ކްއީން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ ހަބޭސްގެ ޖޯޒީ ނަންބަރު 19 އައިމިނަތު މަލާޒާއެވެ.

މި މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައި ވަނީ ވިއްޔާވީ އެވެ.

މުބާރާތުގެ މޮޅު ހަތް ކުޅުންތެރިން، ފޮޓޯ: ނެއްލައިދޫ ކައުންސިލް

މި މުބާރާތުގެ އެންމެމޮޅު ހަތް ކުޅުންތެރިންގެ ގޮތުގައި ހޮވިފައި ވަނީ ހަބޭސްގެ ޖޯޒީ ނަންބަރު 19 އައިމިނަތު މަލާޒާ، ޖޯޒީ ނަންބަރު 11 އައިޝަތު ސާއިނާ، ޖޯޒީ ނަންބަރު 45 ސަވާދާ ޢަބުދުﷲ އާއި ކްލަބް ޑީވާސްގެ ޖޯޒީ 10 ހައްވާ މިލްހާނާ، ޖޯޒީ ނަންބަރު 17 މަރިޔަމް ސައިނީ އާއި ވިއްޔާވީގެ ޖޯޒީ ނަންބަރު 28 އައިޝާ އަދި ބްރިޓް ސްޓާގެ ޖޯޒީ ނަންބަރު 6، އައިޝަތު އިބާދާ އެވެ.

ރަނަރަޕް ޓީމް ޑިވާސް، ފޮޓޯ: ނެއްލައިދޫ ކައުންސިލް

މި މުބާރާތުގެ ރަނަރަޕް ޓީމް ޑީވާސް އަށް ފައިސާގެ އިނާމްގެ ގޮތުގައި 8000 ރުފިޔާ އާއި، ޓްރޮފީ އަދި މެޑަލް ދީފައިވެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ހަބޭސް ޓްރޮފީ އާއި މެޑަލް އަދި ފައިސާގެ އިނާމްގެ ގޮތުގައި 25،000 ރުފިޔާ ދީފަވެއެވެ.

ޗެމްޕިއަން ހަބޭސް، ފޮޓޯ: ނެއްލައިދޫ ކައުންސިލް

މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވާދަކޮށްފަވެއެވެ.