ހއ. އަތޮޅުގެ ތިން ރަށެއްގެ ސިއްހީ މަރުކަޒުތަކުގެ ލެބޯޓަރީގެ ޚިދުމަތް އިއްޔެ އިފްތިތާހުކޮށްފިއެވެ.
ސިއްހީ މަރުކަޒުތަކުގެ ލެބޯޓަރީގެ ޚިދުމަތް އަލަށް އިފްތިތާޙް ކުރި ހއ. އަތޮޅުގެ ރަށްތަކަކީ މާރަންދޫ، ވަށަވަރު އަދި އުތީމެވެ.
މި ތިން ރަށުގެ ތިން ރަށެއްގެ ސިއްހީ މަރުކަޒުތަކުގެ ލެބޯޓަރީގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ސިއްހަތާ ބެހޭ ވަޒީރު އަބުދުﷲ ނާޒިމް އިބްރާހިމެވެ.
މާރަންދޫ ސިއްހީ މަރުކަޒުތަކުގެ ލެބޯޓަރީގެ ޚިދުމަތް އިފްތިތާޙް ކުރި ރަސްމިއްޔާތުގައި އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު ނަސީރު ބައިވެރިވެވަޑައިގެންފައިވާއިރު، ވަށަފަރު ސިއްހީ މަރުކަޒުތަކުގެ ލެބޯޓަރީގެ ޚިދުމަތް އިފްތިތާޙް ކުރި ރަސްމިއްޔާތުގައި ކެލާ ދާއިރާގެ މެމްބަރު ޢަބުދުﷲ ޝަރީފް އަދި އުތީމު ސިއްހީ މަރުކަޒުތަކުގެ ލެބޯޓަރީގެ ޚިދުމަތް އިފްތިތާޙް ކުރި ރަސްމިއްޔާތުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު ބައިވެރިވެވަޑައިގަތެވެ.
ވަޒީރު ނާޒިމް ވަނީ މި ތިން ރަށުގެ ސިއްހީ މަރުކަޒުތަކުގެ ލެބޯޓަރީގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން އެ މަރުކަޒުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ޞިއްޙީ މަރުކަޒުގެ ހާލަތު އޮޅުންފިލުވާ، ޞިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން މަަޝްވަރާކުރަށްވާފައެވެ.
މިރަށްތަަކަށް ކުރެއްވި ޒިޔާރަތަށްފަހު ދެން ވަޒީރު ނާޒިމް ވަޑައިގެންފައި ވަނީ ކުޅުދުއްފުށީ ސިޓީ އަށެވެ. ވަޒީރުގެ މި ޒިޔާރަތުފައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ އައު އީއާރު އަދި ޑައިލިސިސް ސެންޓަރ ހުޅުވައި ދެއްވުމާއި ކޮންވަރޓިބަލް އައިސޮލޭޝަން ފެސިލިޓީގެ ބިންގާ މިއަދު އަޅުއްވައިދެއްވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!