ކަރަންޓުގެ ހިދުމަތް ދިނުމަށް ސްޓެލްކޯއިން ބޭނުންކުރާ ވާޓްސިލާ އިންޖީނަކުން 200،000 ގަޑިއިރުގެ ކަރަންޓު ފޯރުކޮށްދީފި އެވެ.
ކަރަންޓު ފޯރުކޮށްދިނުމަށް ސްޓެލްކޯ އިން ދަނީ 1990 ވަނަ އަހަރުން ފެށިގެން ވާޓްސިލާ އިންޖީނު ބޭނުންކުރަމުންނެވެ.
ވާޓްސިލާގެ އިންޖީނަކުން ރާއްޖޭގައި 200،000 ގަޑިއިރުގެ ކަރަންޓު ފޯރުކޮށްދެވުމުން އެކަން ވާޓްސިލާ ކޯޕަރޭޝަނުންވެސް ވަނީ ފާހަގަކޮށްފަ އެވެ.
ސްޓެލްކޯގެ ފެސިލިޓީތަކުގައި ވާޓްސިލާގެ 14 އިންޖީނު އަންނަނީ ހިންގަމުންނެވެ.
މި އިންޖީނުތަކުގެ ޖުމްލަ ކެޕޭސިޓީއަކީ 86 މެގަވޮޓް ކަމަށްވެސް ސްޓެލްކޯ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!