މީޑިއާތަކަށް ފައިސާ ދޫކުރުމުގެ ކަންކަން މިހާރު ވަނީ ހަމަޖެހިފައިކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހީމް ވަހީދު (އަސްވާޑް) މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މީޑިއާތަކުގެ މުއައްސިސުންނާއި، އެޑިޓަރުންނާ މިއަދު ބައްދަލުކުރަށްވާ ދެއްކެވި ވާހަކާގައެވެ.

Ad
rt

’’ހައި-ޓީ’’ ނަމުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި އަސްވާޑް ވިދާޅުވީ، މީޑިއާތަކަށް ފައިސާ ދޫކުރުމުގެ ކަންކަން މިހާރު މާލީ ވުޒާރާއިން ހަމަޖައްސާފައިވާ ކަމަށެވެ.

މީޑިއާތަކަށް ފައިސާ ދޫކުރުމަށް ޚާއްޞަ އުސޫލެއް މިހާރު އެކުލަވާލާފައިވާ ކަމަށާއި، ވުޒާރާގެ ޤާނޫނީ ޓީމުން އެ އުޞޫލު އެކުލަވާލުމުގައި ނޫސްވެރިކަމުގެ ދާއިރާގެ ޖަމިއްޔާތަކާއި ބައެއް މީޑިއާތަކުގެ އިސް ބޭފުޅުންގެ މަޝްވަރާ ހޯއްދެވިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވިގޮތުގައި، ފައިސާ ދޫކުރާ މީޑިއާތަކާއި މިންވަރު ކަނޑައަޅާ ކޮމެޓީގައި ހިމެނޭނީ ވުޒާރާގެ ފައިނޭންސިއަލް ކޮންޓްރޯލަރ އާއި، މާލީ ވުޒާރާގެ ދެ ބޭފުޅަކާއި، މީޑިއާ ދާއިރާގެ ޖަމިއްޔާއެއްގެ މެމްބަރަކާއި އަދި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއަރުވާ ޒުވާނުންގެ މަޖިލީހުގެ މެމްބަރެއް ގެ މައްޗަށެވެ.