33 ވަނަ ގައުމީ ގުރްއާން މުބާރާތުގައި ވައިކަރަދޫގެ ތިން ދަރިވަރުން އިނާމް ހާސިލްކޮށްފިއެވެ.
ސްކޫލް ކުދިންގެ ފޮތުން ކިއުމުގެ ބައިން ކީ ސްޓޭޖް 2 ގެ 2 ވަނަ ލިބިފައިވަނީ ދަރުމަވަންތަ ސްކޫލްގައި ކިޔަވަމުން އަންނަ ސަނީ މުޙައްމަދު ސިނާން މުނީރު އަށެވެ. ކީ ސްޓޭޖް 5 ގެ 2 ވަނަ ލިބިފައިވަނީ އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ ގައި ކިޔަވަމުން އަންނަ މަރިޔަމް ލަޔާލް އަށެވެ. މިދެދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއެވެ.
ކީ ސްޓޭޖް 1 ގެ ހިތުންކިޔެވުމުގެ ބައިން 3 ވަނަ ހޯދާފައިވަނީ ހދ އަތޮޅު މަދަރުސާގެ ދަރިވަރު ޢައްމާރު ޢަބްދުﷲ ޢަޤީލް އެވެ.
ޢައްމާރުއަށް މަރުހަބާ ދަންނަވަމުން ހދ އަތޮޅު މަދަރުސާއިން އެސުކޫލުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ތިޔަހޯދިކާމިޔާބީއަށް ހދ. އަތޮޅު މަދަރުސާގެ ހުރިހާ ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުވައްޒަފުންގެ ފަރާތުން މަރުޙަބާ ދަންނަވާކަމަށާއި އަދި މުބާރާތުގައި ސުކޫލް ތަމްސީލްކޮށްދިން ޓީމަށް މަރުޙަބާ ދަންނަވާކަމަށެވެ.
ތިރީސް ތިން ވަނަ ގައުމީ ގުރުއާން މުބާރާތް ފެށީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ އާންމު ބަޔާއި ސްކޫލް ކުދިންގެ ބައި އަދި ހާފިޒުންގެ ބައެވެ. މި މުބާރާތުގައި 1،273 ފަރާތުން ބައިވެރިވެފައިވެއެވެ. އެއީ ސްކޫލްތަކުން 1،031 ފަރާތާއި އާންމު ބައިން ބައިވެރިވާ 238 ފަރާތެއްގެ އިތުރުން، ހާފިޒުންގެ ބައިގައި ބައިވެރިވި ހަތަރު ފަރާތެކެވެ. މިމުބާރާތުގައި ތިލަދުންމަތީގެ 124 ދަރިވަރަކު ބައިވެރިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!