ހއ.ދިއްދޫގެ ސަރުކާރު އޮފީސްތަކަށް ޚާއްސަކޮށްގެން ހއ.ދިއްދޫގެ މިޑްލް ސްޕޯޓްސް ކުލަބް އިން އިންތިޒާމް ކޮަށް ބޭންކް އޮފް މޯލްޑިވްސްއިން ސްޕޮންސަރ ކޮށްފައިވާ ”ބީ.އެމް.އެލް މުއައްސަސާ ކަޕް 2019“ ގެ ޗެމްޕިއަންކަން ދިއްދޫ ޕޮލިސް ޓީމްއިން ހޯދައިފިއެވެ.

ދިއްދޫ ފުޓްސަލް ދަނޑުގައި ރޭ 9:00 ގައި ކުޅުނު ފައިނަލް މެޗްގައި ހއ އަތޮޅު ހޮސްޕިޓަލްގެ ޓީމާއި ވާދަކޮށް ދިއްދޫ ޕޮލިސްއިން މެޗް ކާމިޔާބުކުރީ 6-8 ގެ ނަތީޖާއަކުންނެވެ. ފައިންލް މެޗްގެ މޮޅު މޮޅުކުޅުންތެރިއަކށް ހޮވިފައިވަނީ ދިއްދަު ޕޮލިސް ޓީމްގެ ފާއިގް އަހުމަދެވެ.

Ad
rt

ފައިނަލް މެޗައްފަހު ވަނީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސް އެކިއެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކާއި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ހަނދާނީ ލިޔުމާއި ޓްރޮފީ އަދި މެޑަލް ހަވާލުކޮށްފައެވެ.

މުބާރާތުގެ ރެފްރީންނާއި ޖަޖުކަން ކޮށްދެއްވި ފަރާތްތަކާއި ބައިވެރިވި ޓީމްތަކަށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ސެޓްފިކެޓްތައް އެފަރާތްތަކަށް ހަވާލުކޮށްދެއްވީ މިޑްލް ސްޕޯޓްސް ކްލަބްގެ ކޯޑިނޭޓަރ އަލީ ރިލުވާންއެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުން ތެރިއަކަށް ހޮވިފައިވަނީ ދިއްދޫ ޕޮލިސްގެ ފާއިގް އަހުމަދެވެ. އެންމެ ގިނަ ގޯލް ކާމިޔާބް ކުރިކަމުގެ ޓްރޮފީ ފާއިގްއާއި ހަވާލްކޮށްދިނީ ދިއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ހާޝިމްއެވެ.

މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ
ފާއިގް އަހުމަދު-ދިއްދޫ ޕޮލިސް
މުހައްމަދު ނައުޝާދު- ހއ އަތޮޅު ހޮސްޕިޓަލް
ފަތުހުﷲ ޖަމީލް-ވައިލެޓް ކްލަބް
ތައުމީމް ނޫހް- ދިއްދޫ ޕޮލިސް
މުޙައްމަދު އިމްޔާން- ހދ އަތޮޅު ހޮސްޕިޓަލް
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ދިއްދޫ ޕޮލިސްގެ މުޙައްމަދު ސައީދެވެ. މުބާރާތުގެ ގަދަފަސް ކުޅުންތެރިންނާއި އެންމެ މޮޅު ކޯޗުގެ ޓްރޮފީ އެފަރާތްތަކާއި ހަވާލުކޮށްދެއްވީ ނޯތް ކްލަސްޓާ މެނޭޖަަރ ހަސަން އަގްލީމްއެވެ.

ފެއަރ ޕްލޭ ޓީމަކަށް ހޮވުނު ހއ އަތޮޅުހޮސްޕިޓަލްގެ
ޓީމަށް ފެއަރ ޕްލޭ ޓްރޮފީ ހަވާލުކޮށްދެއްވީ މީރާ ދިއްދޫ ކަލެކްޝަން ސެންޓަރގެ ސީނިއަރ އޮފިސަރ ޝިފާން އަހުމަދެވެ.

ރަނަރ އަޕް ޓީމަށް މެޑަލް އަދި މެޑަލް ހއ އަތޮޅު ހޮސްޕިޓަލްގެ ޓީމާއި ހަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ލާނިން އެންޑް ޑިވެލޮޕްމެންޓް މެނޭޖަރ މުޙައްމަދު އަޝްރަފެވެ.

ބީ.އެމް.އެލް މުއައްސަސާ ކަަޕް 2019ގެ ޗެމްޕިއަން ޓީމަށް ޓްރޮފީ،މެޑަލް އަދި ބީ.އެމް.އެކް ގިފްޓް ވައުޗަރ ހަވާލުކޮށްދެއްވީވެސް ބޭންކް އޮފް މޯލްޑިވްސްގެ ލާނިން އެންޑް ޑިވެލޮޕްމެންޓް މެނޭޖަރ މުޙައްމަދު އަޝްރަފެވެ.

ދިއްދޫގެ ހަތް މުއައްސަސާއަކުން ހަތް ޓީމް ވާދަކުރި މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ 31 އޯގަސްޓްއިން ފެށިގެން ރޭގެ ނިޔަލަށެވެ. ޟި މުބާރާތުގައި ބައިވެރިވި ޓީމް ތަކަކީ ހއ. އަތޮޅު ކައުންސިލްގެ ޓީމް، ޔުނައިޓެޑް ބީ.އެމް.އެލް، ދިއްދޫ ޕެލަސް، ހއ. އޭ.އީ.ސީ، ފެނަކަ ދިއްދޫ، ދިއްދޫ ކައުންސިލް އަދި ހއ. އަތޮޅު ހޮސްޕިޓަލްގެ ޓީމެވެ.