މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ސްވިމިން އެސޯސިއޭޝަން ގުޅިގެން ހއ ދިއްދޫގައި ފަތަންދަސްކޮށްދޭ ކޯޗުން ތަމްރީނުކުރުމުގެ ކޯހެއް ކުރިއަށް ގެންގޮސްފިއެވެ.

މިކޯސް ކުރިއަށް ގެންގޮސްފައިވަނީ މިހިނގާ އޯގަސްޓް މަހުގެ 20 ވީ ބުރާސްފަތި ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 30 ވީ ހުކުރު ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި އިރުޝާދު ދެއްވާފައިވަނީ ސްވިމިން އެސޯސިއޭޝަން ކޯޗު އާދަމް މުހައްމަދުއެވެ.

Ad
rt

މިކޯހުގައި ބައިވެރިވި 30 ބައިވެރިންގެ ތެރެއިން 25 ބައިވެރިން ވަނީ ކޯހުން ފާސްވެފައެވެ. ޢަދި ކޯހުން ފާސްވި ފަރާތްތަކަށްވަނީ ކޯސްނިންމުމުގެ ރަސްމިއްޔާތުގައި ކޯހުން ފާސްވި ކަމުގެ ސަޓިފިކެޓް ހަވާލްކޮށްފައެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓުއުޓް އޮފް ސްޕޯޓްސް އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯސްތައް ހިންގަމުންނެވެ.

މިއީ ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި ކުޅިވަރަށް އަހުލުވެރި ފަރާތްތައް އުފެއްދުމުގެ ގޮތުން އެ އިންސްޓިޓިއުޓްއިން ކުރިޔަށް ގެންދާ ކޯސްތަކެކެވެ.