ހއ. ދިއްދޫގައި ބޭސިކް ސްވިމިންގ ކޯޗިން ކޯހެއް މި މަހުގެ 20 ވަނަ ދުވަހު ފަށައިފިއެވެ.
މި ކޯހުގައި 30 ފަރާތަކުން ބައިވެރިވެފައިވާއިރު މިއީ ސްވިމިންގް އެސޯސިއޭޝަނާއި ދިއްދޫ ކައުންސިލް ގުޅިގެން ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހާ ހަމަޔަށް ކުރިޔަށްގެންދާ ކޯހެކެވެ. މި ކޯހުގައި އިރުޝާދު ދެއްވަނީ އެ އެސޯސިއޭޝަންގެ ކޯޗު އާދަމް މުހައްމަދުއެވެ.
މީގެއިތުރުން ށ. ކޮމަންޑޫގައި ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހެއް ފަށާފައިވާއިރު މި ކޯހުގައި 40 ފަރާތަކުން ބައިވެރިވެއެވެ. މި ކޯހުގައި އިރުޝާދު ދެއްވަނީ ހޭންޑްބޯލް އެސޯސިއޭޝަންގެ ކޯޗު އެމްޑީ އަމްޒަދު ހުސައިންއެވެ. ހޭންޑްބޯލް އެސޯސިއޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ މި ކޯސް މި މަހުގެ 20 އިން ފެށިގެން 26 އާ ހަމަޔަށް ކުރިޔަށް ދާނެއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓުއުޓް އޮފް ސްޕޯޓްސް އިން ފަސް ކޯހެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ފަށާފައެވެ.
މިއީ ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި ކުޅިވަރަށް އަހުލުވެރި ފަރާތްތައް އުފެއްދުމުގެ ގޮތުން އެ އިންސްޓިޓިއުޓްއިން ކުރިޔަށް ގެންދާ ކޯސްތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!