މާލޭގެ ގެއެއްގައި ދިރިއުޅެމުން ދިޔަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މުވައްޒަފަކު ގެއިން ނެރެލީ ވެމްކޯގައި މަސައްކަތް ކުރަމުން ދާތީ ކަމަށް ފެތުރުނު ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.
މީސްމީޑިއާ އަދި ބައެއް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ވެމްކޯގެ
މުވައްޒަފަކު ދިރިއުޅެމުންދިޔަ ގެއިން މަގުމަތިކުރުމުގެ ހަދިސާއެއް ހިނގައިގެން އުޅޭ ޚަބަރާއި ގުޅިގެން ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިމައްސަލައިގެ ބާވަތުން އެ ކުންފުނިން ކޮމިޓީއެއް އެކުލަވާލާ އެމުވައްޒަފާއި، އެމުވައްޒަފު ދިރިއުޅެމުންދިޔަ ގޭބީސީގެ
ވެރިފަރާތާއި ބައްދަލުކޮށް މިހާދިސާ ހިނގާދިޔަގޮތް ބަލާފައި ވާކަމަށެވެ.
މިގޮތުން އިތުރަށް ބެލިބެލުމުން ފާހަގަ ކުރެވިފައިވަނީ، މިކަމަކީ އެމުވައްޒަފު ވެމްކޯގައި މަސައްކަތްކުރުމުގެ ސަބަބުން ކުރިމަތިވި ކަމެއް ނޫންކަން ވަނީ ދެނެގަނެވިފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން ވަނީ ދޭދޭ ފަރުދުންގެ މެދުގައި ހިންގާ މިފަދަ ހާދިސާތައް މަސްލަހަތު ގެއްލޭނެހެން އަދި ކަމުގެ ހަޤީޤަތް އޮޅޭނޭހެން މީސްމީޑިއާގައި އާންމު ނުކުރުމަށް ގޮވާލައިފައެވެ.
މީގެ އިތުރުން، މައްސަލައިގެ ހަޤީޤަތަށް ބެލުމެއް ނެތި މީސްމީޑީއާގައި މިމައްސަލަ އާންމުކުރި އެ ކުންފުނީގެ މުވައްޒަފުން ވެސް ވަނީ މައްސަލައިގައި ޝާމިލްވާ ފަރާތުގެ އަރިހުން މަޢާފަށް އެދިފަކަމަށް ވެމްކޯއިން ބުންޏެވެ.
އެހެންކަމުން މިމައްސަލައިގައި ޝާމިލްވާ އެއްވެސް ފަރާތެއްގެ އަބުރު ކަތިލުމުގެ އަމަލެއް، މީސްމީޑިއާ އަދި ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ނުހިނގުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!