ކުރިއަށް އޮތް 5 އަހަރު ދުވަހުގެ، ށ. ފުނަދޫގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފުނަދޫ ކައުންސިލުން އިޢުލާނުކޮށްފިއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން، ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ކުރިން ކައުންސިލުގެ އިޢުލާނުގައި ހިމަނާފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އެ އިދާރާއިން އެދިފައިވެއެވެ.
މީގެއިތުރުން ރަޖިސްޓްރީވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 5 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި، އެ ރަށު ކައުންސިލްގެ އިދާރާއަށް ހާޒިރުވެގެން ކަމަށް ވެސް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!