ހދ. ނޮޅިވަރަމުގެ ގޭގެއާއި މަގުމައްޗަށް ވެލި އަޅަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ނަންނޯޓު ކުރުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
މިކަމާގުޅިގެން އެ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، ވިއްސާރަވެ، ރަށުގައި ފެން ބޮޑުވުމާ ގުޅިގެން، ބައެއް ގޭގެއާއި މަގުތަކުގައި ޗަކަ ހެދިފައިވާތީ އެ ސަރަހައްދުތަކަށް ވެލި އެޅުމުގެ މަސައްކަތް އާރްޑީސީގެ އެހީތެރިކަމާއެކު ކުރުމަށް ނިންމާފައިވާކަމަށެވެ.
އެހެންކަމުން، ވެލި އެޅުމަށް ބޭނުންވާ ފަރާތްތަކުން، 27 އޮކްޓޫބަރ 2026ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރުމަށް އެ އިދާރާއިން އެދިފައިވެއެވެ.
ވިއްސާރައާއިގުޅިގެން އެ ރަށުގެ ގޭގެއަށް ލިބިފައިވާ ގެއްލުންތައް ދެނެގަނެ، އެހީތެރިކަން ބޭނުންވި ފަރާތްތަކުގެ ޙާލަތު ނުހަނު ގާތުން ބަލައި، ނޮޅިވަރަމު ކައުންސިލުން އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަން ފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!