ށ. ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައުލޫމާތާ ގުޅިގެން، އެ ސަރަހައްދުގައި ފުލުހުން ދަނީ މިހާރު ހަރަކާތްތެރިވަމުން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އަދި އަލިފާނުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މީގެ އިތުރުން މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަން ވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާ ހިނގައިގެން ފުނަދޫ އެއާޕޯޓް ފަޔަރ ޓީމް ވެސް ހަރަކާތްތެރިވަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!