ހުޅުމާލެ ހޮސްޕިޓަލްގައި ހިންގަމުންދާ ފާމަސީއެއްގެ މައްސަލާގައި އާސަންދަ ކުންފުނިން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަނެ, ބޭރުކޮށްލައިފި އެވެ.
ސަންޓްރިއާ ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް އާސަންދަ ކުންފުނިން 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކުރާ މައްސަލާގައި އާސަންދަ ކުންފުނިން ސިވިލް ކޯޓުގައި ވަނީ އެ ކުންފުނިން އެ ހުޅުމާލޭ ހޮސްޕިޓަލްގައި ހިންގާ ފާމަސީ ހުސްކުރަން ވަގުތީ އަމުރެއް ނެރެދޭން އެދިފަ އެވެ.
ނަމަވެސް ސިވިލް ކޯޓުން ކުރިން ނިންމީ އެތަން ހުސްކުރަން ވަގުތީ އަމުރެއް ނުނެރެވޭނެ ކަމަށެވެ.
އެ މައްސަލަ އާސަންދަ ކުންފުނީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނިންމީ އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށެވެ.
އާސަންދަ ކުންފުނިން ދައުވާކުރަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފާމަސީ ހިންގުމާ ގުޅޭގޮތުން 2017 ވަނަ އަހަރު ސަންޓްރިއާއާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ވެސް އެ ކުންފުނިން އެތަން ހުސްނުކޮށް ބޭނުންކުރާ ކަމަށް ބުނެ އެވެ. އެހެންވެ, އެ މައްސަލަ ނިމުމުގެ ކުރިން އެތަން އެހެން ބަޔަކަށް ކުއްޔަށް ނުދޭން ކޯޓުން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!