ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) އުތީމަށާއި ބޮޑުތިލަދުންމައްޗަށް ހޯދައިދިން ޝަރަފްގެ އަގުވަޒަންކޮށް އޭނާ އަށް ހިތްވަރު ދިނުމަށް ހާއްސަ ހަފްލާއެއް ރޭ އައިހަމްގެ އުފަން ރަށް ހއ. އުތީމުގައި ބާއްވައިފިއެވެ.

ޚާއްސަ ޖާފަތަކާއެކު ކުރިއަށް ދިޔަ މި ހަފްލާއަކީ އުތީމު ކައުންސިލާއި، އުތީމުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ގުޅިގެން، އުތީމުގެ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކު އިންތިޒާމްކުރި ހަފްލާއެކެވެ.

Ad
rt

އައިހަމް އާއި ޢާއިލާ ބައިވެރިވި މި ހަފްލާގެ ޖާގަފަތް ސްޕޮންސަރކޮށްދީފައި ވަނީ ''ބަހާރު ބްރީޒް''ގެ ފަރާތުންނެވެ.

އައިހަމަށް ހިތްވަރުދިނުމަށް ބޭއްވި ހަފްލާގައި ހިތްވަރުދިނުމުގެ ފިިލައެއް ދެނީ، ފޮޓޯ: އުތީމް ކައުންސިލް

މި ހަފްލާގައި ވަނީ އުތީމުގެ ޖަމިއްޔާއަކުންނާއި އެރަށު ސްކޫލްގެ ފަރާތުން އައިހަމްގެ ކާމިޔާބީގެ ޝަރަފްގައި ހަނދާނީ ފިލާ ދީފައެެވެ.

ހުކުރު ދުވަހު ހެނދުނު އައިހަމް އުފަށްރަށް އުތީމަށް ދިޔުމުން ރަށުގެ ކުދިބޮޑުއެންމެން ނުކުމެ ރަތްދޫލައިގެ ސަގާފީ މަރުޙަބާއެއް ވަނީ ކިޔާފައިވައެވެ.

މުޅި ރަށް ބަނދަރަށް ޖަމާވެ، އައިހަމަށް އުތީމުން ކީ ހިތްގައިމު ސަގާފީ މަރުހަބާއެއް

އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ''ތިލަދުން'' އަށް ވިދާޅުވީ، ރޭގެ ހަފްލާގައި ވެސް އައިހަމް އަށް ހިތްވަރުދީ ވާހަކަދައްކާފައިވާ ކަމަށާއި، އަދި އައިހަމް އުތީމަށާއި، އަތޮޅަށް އަދި ބޮޑުތިލަދުންމައްޗަށް ހޯދައިދިން ޝަރަފް އަބަދުމެ ހަނދާން އާލާވާނެކަމަށެވެ.

އައިހަމަށް ހިތްވަރުދިނުމަށް ބޭއްވި ހަފްލާގައި އުތީމު ރައީސް ޢަބުދުﷲ ރަޝީދާއި އައިހަމް، ފޮޓޯ: އުތީމް ކައުންސިލް

''ރަަށަށް ކުޅެދީގެން ބޭއިންސާފުން ގައުމީ ޓީމުން ބޭރުކޮށްލީ، މިފަހުން ވެސް އެބަހުރި އައިހަމް ކުޅުނުގޮތަށް ބައެއް ކުޅުންތެރިން ރަށަށް ކުޅެދީފައި، އެކަމަކު އެކުޅުންތެރިންނަށް އައިހަމަށް އެޅިކަހަލަ ފިޔަވަޅެއްނާޅާ، އެއީ ވަރަށް ބޮޑު ތަފާތުކުރުމެއް، އެކަމާއި ކުރިމަތިލައި އައިހަމް މި ވަނީ އަލުން ގައުމީޓީމުން ޖާގަހޯދައި، މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާ އޭނާގެ ގާބިލްކަން ކަށަވަރުކޮށްދީފައި'' ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.

އައިހަމަށް ހިތްވަރުދިނުމަށް ބޭއްވި ހަފްލާގެ ތެރެއިން، ފޮޓޯ: އުތީމް ކައުންސިލް

ޢަބުދުﷲ ރަޝީދު ވަނީ ހުކުރު ދުވަހެއްގެ ހެނދުނު ދަތި ވަގުތެއްގައި ވެސް އުތީމު ރައްޔިތުން ނުކުމެ އައިހަމަށްކީ ހޫނު މަރުޙަބާ އަށް ޝުކުރު އަދާކުރަށްވާފައެވެ. އަދި އެހެންކަންކަމެކޭ އެއްގޮތަށް އައިހަމަށް މަރުޙަބާކިޔައި ހިތްވަރުދިނުމުގައި އުތީމުން ދައްކާ އެއްބައިވަންތަ އެކުވެރިކަން އޭނާ ވަނީ ފާހަގަކުރަށްވާފައެވެ.