ށ. ފުނަދޫގައި ޤާއިމުކުރި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސޭލްސް ސެންޓަރ ހުޅުވައިފިއެވެ.
މި ސެންޓަރުގެ ޙިދުމަތް ފެށިގެންދިއުމަކީ، ފުނަދޫގެ ރައްޔިތުންނަށް އަދި ވަކީން ޚާއްސަކޮށް ށ. އަަތޮޅުގެ އެންމެހައި ރައްޔިތުންނަށް، ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދިޔަ ކަމެއްކަމަށް ފުނަދޫ ކައުންސިލުން ހާމަކުރައްވައެވެ.
އަތޮޅުތަކުގައި، ރައްޔިތުންނާއި ގާތަށް ޚިދުމަތްތައް ފުޅާކޮށް، ތަރައްޤީކުރުމުގެ ސިޔާސަތު ކުރިއަށްނެރުއްވުމަށްޓަކައި ރާއްޖޭގެ ރައީސް ޑރ.މުހައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ، މަސައްކަތްޕުޅުތައް ފާހަގަކޮށް، މި ޚާއްޞަ ރަސްމިއްޔާތުގައި، ފުނަދޫ ކައުންސިލުން ވަނީ އެ މަނިކުފާނަށް ޝުކުރު އަދާކޮށްފައެވެ.
މީގެއިތުރުން، އެ ސެންޓަރު ބިނާކުރުމަށް، ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހް، ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް، މެމްބަރަށާއި، އެމްއައިބީގެ އިސްވެރިންނަށާއި، މުވައްޒަފުންނަށް ވެސް އެ ކައުންސިލުން ޝުކުރު އަދާކޮށްފައިވެއެވެ.
ފުނަދޫގައި އެމްއައިބީގެ އާ ސޭލްސް ސެންޓަރަކާއި އޭޓީއެމްއެއް ހުޅުވިފައިވާކަން ފާހަގަކޮށް މި ޚިދުމަތް ގާއިމުކުރުމާއި ގުޅިގެން އެ ބޭންކުން ބުނީ މި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް ލިބިގެންދާނެކަމަށެވެ. އެހެންވެ، މިޚިދުމަތާއިއެކު އެ ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މި ޚިދުމަތްތައް ލިބިގަތުމުގެ މަގު ފަހިވެގެންދާނެކަން އައިބީއެމް އިން ވަނީ ފާހަގަކޮށްފައެވެ.
އެމްއައިބގެ ސޭލްސް ސެންޓަރެއް ގާއިމުކޮށްފައިވާއިރު، އެ ބޭންކްގެ ޚިދުމަތްތައް އަންނަނީ އެކި ރަށްތަކަށް ފުޅާކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!