ހއ. ހޯރަފުށީގައި ކޭމްބްރިޖް އިންޓަރނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާނުކޮށްފިއެވެ.

ހޯރަފުށީ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނީ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ރަޖިސްޓަރީވުމުގެ ފުރުޞަތު މިހާރު ހުޅުވާލައިފައިވާކަމަށެވެ.

Ad
rt

ބީލަމުގައި ރަޖިސްޓަރީވުމުގެ އެންމެ ފަހު ތާރީޚަކީ 11 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ސުންގަޑި ހަމަވުމުގެ ކުރިން އެ ކައުންސިލްގެ އިޢުލާނުގައިވާ އޮންލައިން ފޯމު މެދުވެރިކޮށް، ރަޖިސްޓަރީވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ ކައުންސިލުން މައުލޫމާތު ދެއްވައެވެ.

މި ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމުގެ އެންމެ ފަހު ވަގުތަކީ 14 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ 15 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ހޯރަފުށީ ކައުންސިލްގެ އިދާރާގައެވެ.

ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް ބީލަން ފޮތް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެ ކަމަށް ވެސް ކައުންސިލުން މަޢުލޫމާތު ދެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 6500030 ނަންބަރަށް ގުޅުމަށް ކައުންސިލުން އެދިފައިވެއެވެ.