ހދ. ކުޅުދުއްފުށީ ސިޓީގެ ފިހާރައެއްގައި އޮތް 100ރ. އަކާއި އަތުކުރި ގަޑިއެއްގެ ވެރިފަރާތް ނޭނގޭތީ އެތަކެތި ދައުލަތަށް ނަގަން އެރަށު ކޯޓުން ހުކުމްކޮށްފި އެވެ.
ކުޅުދުއްފުށީ ފިހާރައެއްގައި އޮތް 100ރ. އަކާއި އަތުކުރި ގަޑިއެއްގެ ވެރިފަރާތް ނޭނގޭތީ އެ މައްސަލަ ކޯޓަށް ހުށަހެޅީ އެ ފިހާރައިގެ ވެރިމީހާ އެވެ. އަދި އޭގެ ވެރިފަރާތް ހޯދުމަށް ނުވަތަ ގާނޫނީ ގޮތުން އަމަލުކުރަންޖެހޭ އުސޫލުން ކަންކަން ކުރަން އެ މީހާގެ ފަރާތުން ކޯޓުގައި އެދުނެވެ.
އެ ތަކެތީގެ ވެރިފަރާތް ހޯދަން ކުޅުދުއްފުށީ ކޯޓުން އިއުލާނެއް ކުރި ނަމަވެސް އެއްވެސް މީހަކު އެތަކެއްޗާ ހަވާލުވެފައެއް ނުވެ އެވެ.
އެހެންވެ, މިދިޔަ ހަފުތާގައި އެ ކޯޓުން ހުކުމްކުރީ މަދަނީ އިޖްރައާތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެ އަތުކުރި ގަޑި ވިއްކާލުމަށްފަހު އެއަށްވާ ފައިސާ އާއި 100ރ. ފިނޭންސް މިނިސްޓްރީއާ ހަވާލުކުރަން ހުކުމްކުރީ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!