މި އަހަރުގެ ޤައުމީ އިނާމު 3 ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފިއެވެ.
މި އިނާމުތައް ދެއްވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
މީގެ ތެރޭގައި ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ދެ ބޭފުޅުން ހިމެނެއެވެ.
އެ ބޭފުޅުންނަކީ:
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
މުޙައްމަދު ނަޞީރު، ދަނބުގެ، ހދ. ވައިކަރަދޫ - މުއާޞަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން:
އަރުޝަދު އަޙްމަދު، ފަހިވާ، ހއ.އުލިގަން
ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި އިތުރު ބޭފުޅުންނާއި ކުންފުންޏަކީ:
- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން:
އަލްއުސްތާޛާ ޙައްވާ ލަޠީފް، މުޝްތަރީގެ، ގއ. ދާންދޫ - ދިވެހި ތާރީޚުގެ ދާއިރާއިން:
ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު، ހުޅުމާލެ ފްލެޓް ނަންބަރު 125-G-03 - ޞިއްޙީ ދާއިރާއިން:
މުޙައްމަދު އަޙްމަދު، ހުޅުމާލެ ވިނަރެސް 10A-702 - ކުޅިވަރުގެ ދާއިރާއިން:
ޢާއިޝަތު ނައުރާ، ހ. ސީޓް - ވިޜުއަލް އާޓްސްގެ ދާއިރާއިން:
އިސްމާޢީލް ޢަބްދުލްޣަފޫރު، ހ. އަރިހިޔާ - އިމާރާތްކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން:
ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
އޭގެ އިތުުރުން މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވި 3 ބޭފުޅުންނާއި ޖަމުޢިއްޔާއަކީ:
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
މުޙައްމަދު ޢާމިރު އަޙްމަދު، ފީރޯޒްވާދީ ފަރެސްއަވަށް. ހުސްނުހީނާގެ/ގދ.ފަރެސްމާތޮޑާ - އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން:
އިބްރާހީމް ރަޝީދު، ވ. ވަސްމީރުފިޔަ - ޞިއްޙީ ދާއިރާއިން:
ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަން (ޝީ) - ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން:
ނަޖުމާ ޙުސައިން، ގ. ނޫރީފެހި
މީގެއިތުރުން ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި، އަލްމަރްހޫމް އިޙްސާން ޢަބްދުލްޣަނީގެ ހަނދާނަށް ޚިދުމަތުގެ ޤައުމީ އިނާމު ވަނީ އަރުވާފައެވެ.
ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.
މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.ދ.ޝ.ޢ) މައްޗަންގޮޅި ކަށިމާ އަލްއުސްތާޛު އަޙްމަދު ޝާކިރަށް އަރުވާފައެވެ. އަދި ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން، ޚާއްޞަކޮށް ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކުރުމުގެ ރޮނގުން ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، ޚިދުމަތުގެ ޤައުމީ އިނާމު، ގ. އިލާ، އަލްމަރްޙޫމް އިޙްސާން ޢަބްދުލްޣަނީ (ސާންތީ) ގެ ހަނދާނަށް ވަނީ އަރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!