ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދަނޑުބިމަށް ކުރިމަތިލުމުގެ ފުރުޞަތު ށ. ފޭދޫ ކައުންސިލުން ހުޅުވާލައިފިއެވެ.

ދަނޑުވެރިކަމަށް ބިން ދޫކުުރުމުގެ މަޤްޞަދަކީ އެ ރަށުގައި ދަނޑުވެރިކަން ކުރުމަށް ފުރުޞަތު ފަހިކޮށްދީ، ދަނޑުވެރިކަމުން ލިބޭ ނަފާ އިތުރުކުރުމާޢި ފުދުންތެރި ރައްޔިތުން އުޅޭ ރަށަކަށް ހެދުންކަމުގައި ކައުންސިލުން މަޢުލޫމާތު ދެއެވެ. އަދި އެ އުޞޫލުގެ ދަށުން ކޮންމެ ބިމެއް ވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހަތް އަހަރު ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން އެ ބިމެއް އެ މީހެއްގެ ކިބައިން ވަކިވާނެކަމުގައި އެ ކައުންސިލުން ބުނެއެވެ.

Ad
rt

ދަނޑުބިމަށް ކުރިމަތި ލެވޭ މީހުންގެ ޝަރުޠުތައް:

  • ށ.ފޭދޫ ރައްޔިތުން ދިރިއުޅޭ ކައްކާ ކައި ބޮއެ އުޅޭ ގެތަކަށް.
  • ގޭބިސިއެއްގެ ގޮތުގައި ދިރިއުޅެ، އެގޭގެ މަރާމާތުކުރުން ފަދަ ބޭނުންތަކަށް
  • ށ.ފޭދޫގެ އެހެންގެއަކަށް ހިޖުރަކޮށްފައިވާ ފަރާތްތައް. (މިމާއްދާގެ 1.3ގައި އެބުނާ ދަނޑުބިމަށް ކުރިމަތިލުމުގެޝަރުތު ފުރިހަމަވާނެއެވެ.)
  • ފޭދޫގެ ރައްވެސަކާއި ކައިވެނިކޮއްގެން ، ފޭދޫގައި ދިރިއުޅެމުން އަންނަ ގޭބީސީތައް

މީގެ އިތުރުން ފޭދޫ ކައުންސިލުން ބުނާ ގޮތުގައި ހުސްކޮށް ހުރި ފަޅު ގޯތިތަކާއި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ހުސްގޯތިތަކާއި އިމާރާތްކޮށް، ދިރިއުޅެން ނުފަށާ ހުރި ގޯތިތަކާއި ބިދޭސީން ދިރިއުޅެމުން އަންނަ ގެތަކާއި ދުވަހު ކުއްޔަށް ކޮޓަރި ދޫކުރަމުން ގެންދާ ގޭބީސީ ގޮތުގައި މީހުންދިރިނޫޅޭ ގެތައް މިއުސޫލުގައި ބުނާ ދަނޑުބިމަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމައެއް ނުވާނެއެވެ.

އެ ކައުންސިލުން ބުނިގޮތުގައި ދަނޑުވެރިކަން ކުރުމަށް ދޫކުރަން ހަމަޖެހިފައިވަނީ 2500 އަކަފޫޓުގެ ހަތް ބިމެވެ. އަދި މަހު ކުލީގެ ގޮތުގައި ދައްކަންޖެހެނީ މަހަކު 100.00 ރުފިޔާ ކަމުގައި ށ.ފޭދޫ ކައުންސިލުން ބުނެއެވެ.

ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ބޭނުންވެލައްވާ ފަރާތްތަކުން ށ. ފޭދޫ ކައުންސިލް އިދާރާއަށް ދުރުވެ " ދަނޑު ބިމަށް އެދޭ ފޯމު " ނަންގަވައި 17 އޯގަސްޓު 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އެ އިދާރާއަށް ފޯމު ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދެއެވެ.

ދަނޑުބިން ދޫކުރުމުގައި އަމަލުކުރާނީ އެ އިދާރާގެ "ށ.ފޭދޫއިން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ އުސޫލު (ތިނަވަނަ އިސްލާހު)" އަށް ކަމުގައި ވެސް ފޭދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ.