ށ.ގޮއިދޫގައި ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ވީޑިއޯއެއް ފެތުރި މައްސަލައާއި ގުޅިގެން ތަހުގީގެއް ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި، ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލައެއް، 27 މެއި 2026 ގައި ށ. ގޮއިދޫއިން ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
''މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، އެ ވީޑިއޯ ފެތުރި މައްސަލައާއި އެ ވީޑިއޯގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ކަންކަން ދަނީ ބަލަމުން'' ފުލުހުން ބުނެފަވެއެވެ.
މި ޢަމަލު ހިންގާފައިވަނީ އެރަށުގައި ޒިންމާދާރު މަގާމެއްގައި ހުރި މީހެއްކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އޭނާ އާއި މެދު އޭނާ ވަޒީފާގެ މަސްޢޫލުވެރި ވުޒާރާއިން މިހާރު ފިޔަވަޅުއަޅާފައިވާކަމަށް ވެސް މަޢުލޫމާތުލިބެއެވެ.
ށ.ގޮއިދޫއިން މިފަދަ މައްސަލައެއް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެފައި މިވަނީ އެރަށުގެ މިސްކިތުގެ އިމާމު އެއްޖިއްސުންގުޅުން ހިންގާ މަންޒަރުފެންނަ ވީޑިއޯއެއް އެރަށުގެ ވައިބަރ ގްރޫޕަކަށް ފޮނުވިމައްސަލައަކާއި ގުޅޭ ވާހަކަތަކެއް މީސްމީޑިއާގައި ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އަދި އޭނާ އަށް އެ ވީޑިއޯ އެ ގްރޫޕަށް ލެވުނީ ''އޮޅުމަކުން'' ކަމަށް ބެލެވޭކަމަށް ބުނެފައިވާއިރު، މީސްމީޑިއާގައި އޭނާގެ މައްޗަށް އަންނަނީ ބޮޑެތި ތުހުމަތުތަކެއް ވެސް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!