ސްރީލަންކާއަށް ކުރެއްވި ކާމިޔާބު ފުރަމާނަ ދަތުރުފުޅަށްފަހު، އެ ގައުމުގެ ރައީސް އަދި ބޮޑުވަޒީރާއެކު ބޭއްވުނު ފައިދާހުރި މަޝްވަރާތަކުން ވަރަށް ބޮޑު ހިތްވަރަކާއި އިތުބާރެއް ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ލަންކާ ދަތުރުފުޅު ނިންމަވާލައްވަމުން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ އަދި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއާއެކު ތަފާތު އެކި ދާއިރާތަކުން ބޭއްވުނު މަޝްވަރާތަކަކީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދިޔަ ބައްދަލުވުންތަކެއް ކަމަށެވެ.
"އަޅުގަނޑުމެން އެއްބަސްވި ކަންކަމަކީ ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ނަތީޖާ ނެރެދޭނެ ކަންތައްތަކަކަށް ހެދުމަށްޓަކައި، ގުޅިގެން މަސައްކަތް ކުރުމަށް އަޅުގަނޑު އުންމީދުކުރަމެވެ،" ރައީސް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި ވަފުދަށް ވިދާޅުވި ހޫނު މަރުހަބާއާއި ބެހެއްޓެވި ގާތްކަމަށްޓަކައި ސްރީލަންކާ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ރައީސް ވަނީ އިޚްލާޞްތެރި ޝުކުރެއް ދަންނަވާފައެވެ.
සාර්ථක රාජ්ය සංචාරයක් නිම කරමින් ශ්රී ලංකාවෙන් පිටත්ව යන මේ අවස්ථාවේදී, මාලදිවයින සහ ශ්රී ලංකාව අතර පවතින සමීප හා දිගුකාලීන සබඳතා තවදුරටත් ශක්තිමත් කිරීමට නව අධිෂ්ඨානයක් සමඟ මම පිටත්ව යමි.
මට, මගේ බිරිඳට සහ මගේ දූත පිරිසට ලබාදුන් උණුසුම් ආගන්තුක සත්කාරය සහ මිත්රත්වය වෙනුවෙන්… pic.twitter.com/eaC2njI1OW
— Dr Mohamed Muizzu (@MMuizzu) May 6, 2026
ރައީސް ވިދާޅުވީ އެމަނިކުފާނު ލަންކާއިން ފުރައިގެން ވަޑައިގަންނަވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމުގެ އާ އަޒުމަކާއެކު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި މި ފުރަމާނަ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ދަތުރުފުޅު ނިންމަވާލައްވަމުން ރައީސް ވަނީ ދިވެހިރާއްޖެއާއި ސްރީލަންކާގެ އެކުވެރިކަން އަބަދަށް ދެމިއޮތުމަށް އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!