ދެ އިންތިހާބުގެ ރެފަރެންޑަމް ވޯޓުގައި ރައްޔިތުން ނިންމާގޮތަކަށް ބެލުމަށް ފަހު ދައުލަތުގެ އަހަރީ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދުވަހަކީ ޑިސެމްބަރު މަހުގެ ދުވަހަކަށް ހެދުމަށް ބޭނުންފުޅުވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ކޮންގްރެސް ޕާޓީގެ ދިވެހިންގެރާއްޖެ ތަރާވީސް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން މުހިންމު ވާ އެއް ސަބަބަކީ ރައްޔިތުންނަށް ފައިދާހުރި ބަޖެޓެއް އެކުލަވާލުން ކަމަށެވެ.

Ad
rt

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމާ ނިންމުމެއް ނިންމާ ފަހުން ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ބަޖެޓު ތަންފީޒު ކުރުމަށް ސަރުކާރާ ހަވާލުވާއިރު އެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް އޮތުމުން ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.

ދެހާސް ސައުވީސް ވަނަ އަހަރު އެމަނިކުފާނުގެ ސަރުކާރާ ކުރިމަލާންޖެހުނީ މިފަދަ ހާލަތަކާކަން ރައީސް ފާހަގަކުރެއްވި އެވެ.

އެގޮތުން ސަރުކާރުން 2024 ވަނަ އަހަރު ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަން ނިންމައި، 2023 ވަނަ އަހަރު އެ ބަޖެޓް ފާސްކޮށް ދިނުމަށް ހުށަހެޅުމުން، މަޖިލީހުން އެ ފަހަރު ބަޖެޓް ފާސްކޮށްދީފައިވަނީ މަޝްރޫއުތަކަށް ބޭނުންވާ ފައިސާގެ ވަރަށް ބޮޑު ބައެއް އުނިކޮށްފައި ކަމަށް ވިދާޅުވި އެވެ.

އެކަމުގެ ސަބަބުން 2024 ވަނަ އަހަރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނުކަމަށް ރައީސް ވިދާޅުވިއެވެ.

"ދެ ހާސް ސައުވީސް ވަނަ އަހަރު އަޅުގަނޑުމެން ތަންފީޒުކުރަން ޖެހުނީ ދައުރު ނުނިމި އޭރު އޮތް އިދިކޮޅު މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި ބަޖެޓު. އެއީ ކުރީ ސަރުކާރުން އެ ސަރުކާރުގެ މާލީ ވަޒީރު ހުށަހެޅި ބަޖެޓެއް. އަޅުގަނޑުމެން މި ގަސްދުކުރަނީ ދެ އިންތިހާބު އެކުގައި ބާއްވަން ރައްޔިތުން ނިންމަވައިފި ނަމަ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނެސް 30 ސެޕްޓެމްބަރުގައި ކުރިއަށް މަޖިލީހުން ބަޖެޓު ފާސްކުރަން އޮންނަ އޮތުން ލަސްކޮށްލަދީ އުލަތުގެ އަހަރީ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދުވަހަކީ ޑިސެމްބަރު މަހުގެ ދުވަހަކަށް ހެދުމަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2028 ވަނަ އަހަރު ދެ އިންތިހާބު އެކުއެކީ ބޭއްވަން ރައްޔިތުން ނިންމައިފި ނަމަ އައު މަޖިލިސް ހުވައި ކުރާނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.

އެއާއެކު އަހަރީ ބެޖެޓު ފާސް ކުރާނީ އައު މަޖިލީހުން ކަމަށާއި މިގޮތަށް މިކަން ކުރައްވަން ގަސްދުކުރައްވަނީ އަންނަ އޭޕްރީލު މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ރެފަރެންޑަމް ވޯޓުގައި ރައްޔިތުން ނިންމާ ނިންމުމަކަށް ބެލުމަށް ފަހުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

މާލިއްޔަތު ގާނޫނަށް މި ބަދަލު ގެނައުމުން ވެރިކަމުގެ ފުރަތަމަ އަހަރު ނުގެއްލި ސަރުކާރު ހިންގުމުގައި މަރުތަޅު ނޭޅުވި ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހެ އެވެ. އާ ސަރުކާރުގެ ބަޖެޓު ފިނޭންސަށް ފޮނުވީ މިިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ހުށަހަޅަންވާނެ އެވެ.