ގެއްލިގެން ހޯދަމުންދިޔަ ހ. ފެވަރިޓްވިލާ، މާލެ، އިބްރާހީމް އިމްތިޔާޒް ޢަލީ (30އ) މިރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި އޭނާގެ ހާލު ރަނގަޅެވެ.

އިބްރާހީމް އިމްތިޔާޒް ޢަލީ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ފެބްރުއަރީ 17 ވަނަ ދުވަހުގެ ހަވީރު 17:15 އެހައިކަންހާއިރުއެވެ.

Ad
rt

އޭނާ އެންމެ ފަހުން ފެނިފައިވަނީ 2026 ފެބްރުއަރީ 13 ވީ ހުކުރު ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓައިކަމަށް އެއިރު ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން އޭނާގެ އެއްވެސް ޚަބަރެއް އާއިލާއަށް ލިބިފައެއް ނުވެއެވެ. މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދިޔައީ ކުރަމުންނެވެ.

މިރޭ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވުމާ ހަމައަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.