ގެއްލިގެން ހޯދުމަށް ފުލުހުން އިއްޔެ އާންމުންގެ އެހީތެރިކަމަށް އެދުނު ޏ. ފުވައްމުލަކު ދޫޑިގަން، ދުންފިނިގެ، ޢަބްދުލްޢަޒީޒު މުޙައްމަދު (64އ) އަމިއްލައަށް އާއިލާ އަށް ގުޅާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ ފުލުހުން ހާމަކުރި ގޮތުގައި، ޢަބްދުލްޢަޒީޒު މުޙައްމަދަކީ މުދާ އުފުލާ ދޯނިފަހަރުގައި މަސައްކަތްކުރާ މީހެކެވެ. އޭނާގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ 2025 ސެޕްޓެމްބަރު 3 ވަނަ ދުވަހު ފޯނުން ކަމަށް އާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާއިރު، އާއިލާގެ މީހަކަށް އޭނާ އެންމެ ފަހުން ފެނިފައިވަނީ 2025 ނޮވެމްބަރު މަސްތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށްވެސް އާއިލާއާއި ހަވާލާދީ އިއްޔެ ފުލުހުން ބުންޏެވެ.
އެހެންވެ ޢަބްދުލްޢަޒީޒު މުޙައްމަދު ހޯދުމަށް، ކަމާބެހޭ އެންމެހައި ބަހާތަކަށް އެ މަޢުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ.
މީހަކު ގެއްލިގެން ހޯދަނީ، އެންމެ ފަހުން ފެނުނީ ނޮވެމްބަރު މަހު
ޢަބްދުލްޢަޒީޒު މުޙައްމަދު ހޯދުމުގެ މަސައްކަތާއި ގުޅިގެން ފުލުހުންދިން އަޕްޑޭޓް
ފުލުހުން މިއަދު ބުނީ ޢަބްދުލްޢަޒީޒު މުޙައްމަދު، އޭނާގެ އާއިލާއަށް އަދި ފުވައްމުލައް ޕޮލިސް ސްޓޭޝަނަށް ގުޅައި، އޭނާ ހުރީ ތިލަފުށީގައި ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް ބުނެފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިއްޔެ ވަނީ ޢަބްދުލްޢަޒީޒު މުޙައްމަދު ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!