އައްޑޫ ސިޓީ ފޭދޫން 19 އަހަރުގެ އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ސ. ފޭދޫ، ހަމްދަރުދީގެ، ޙައްވާ ރާއިދާ މުނީރު (19އ) އެވެ.

Ad
rt

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ޖެނުއަރީ 08 ވަނަ ދުވަހުގެ މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ އެ ދުވަހުގެ 14:52 އެހައިކަންހާއިރުއެވެ.

އޭނާ ގެއްލިފައިވާކަމަށް ރިޕޯޓްކުރުމާ ގުޅިގެން، ކަމާބެހޭ އެންމެހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފައެއް ނުވާކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން، ޙައްވާ ރާއިދާ މުނީރާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަން ނަންބަރު 9792058 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.