ށ.ގޮއިދޫގައި ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތްތަކަކީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހިންގާ ''ރިސާލަތު ޕްރޮގްރާމް''ގެ ދަށުން އެ ވުޒާރާއާއި ގޮއިދޫ ކައުންސިލުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ.

Ad
rt

މިގޮތުން މި ހަރަކާތްތަކުގެ ތެރެއިން ގޮއިދޫ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމްދީނުގެ ސައްޙަ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މަތިވެރި މަޤްސަދުގައި "މާޔޫސް ނުވާށެވެ!" މަޢުޟޫއުގެ ދަށުން ޚާއްޞަ ފޯރަމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އައްޝައިޚް ޢާޒިމް ޚާލިދާއި އެކު ކުރިއަށް ގެންދިޔަ މި ފޯރުމުގައި ކަައުންސިލްގެ ފަރާތުން މޮޑަރޭޓަރެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވާފައިވާތީ ނުކުތާގެ ސީ.އީ.އޯ ޢާލިމް ޢަބްދުއްލަތީފެވެ.

މީގެ އިތުރުން ގޮއިދޫ ސްކޫލުގެ ގްރޭޑް 1 ން 6 ގެ ދަރިވަރުންނަށް އަމާޒުކޮށް ވެސް ދީނީ މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ގޮއިދޫ މުއައްސަސާތަކުގެ މުވައްޒަފުންނަށާއި ށ. ގޮއިދޫ ސްކޫލްގެ ބެލެނިވެރިންނަށް ވެސް ވަނީ މިފަދަ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގްރާމްގެ ދަށުން މިސްކިތު ދަރުސް ޕްރޮގްރާމް ވެސް ކުރިއަށް ގެންގޮސްފައިވާއިރު، މި ޕްރޮގްރާމްގައި މިހުރިހާ ހަރަކާތެއްގައި ވެސް މައުލުމާތު ފޯރުކޮށްދެއްވީ އައްޝައިޚް ޢާޒިމް ޚާލިދެވެ. އަދި އެހީތެރިއެއްގެ ގޮތުގައި ނުކުތާގެ ސީ.އީ.އޯ ޢާލިމް ޢަބްދުއްލަތީފް ބައިވެރިވެފަވެއެވެ.