ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އަށް ތިން މެމްބަރަކު މިއަދު ޢިއްޔަނުކުރަށްވައިފިއެވެ.

މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Ad
rt

ރައީސް މިއަދު ސީއެސްސީ އަށް ޢައްޔަނުކުރެއްވި މެމްބަރުން ތެރެއިން އެއްބޭފުޅަކީ މިހާރު ވެސް އެ ކޮމިޝަންގެ ރައީސްގެ ގޮތުގައި ހުންނެވި، މ. ފަލްކަންގެ، މުޙައްމަދު ނާޞިޙް އެވެ. ނާސިޙް އަލުން ކޮމިޝަންގެ މެމްބަރަކުކަމަށް ޢައްޔަނުކުރެއްވީ އޭނާގެ ފުރަތަމަ ދައުރު ހަމަވުމުން، އައު ދައުރަކަށެވެ.

ރައީސް ސީއެސްސީ އަށް ދެން ޢައްޔަނުކުރެއްވި ބޭފުޅުންނަކީ ދަފްތަރު. ނަންބަރު 1325، ޑޮކްޓަރ ޙުސައިން ފާއިޒް އަދި މ. ވައިޓްބެލް، ޑޮކްޓަރ ދީބާ މޫސާއެވެ.

ސީއެސްސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން، ތިން ބޭފުޅުން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ތިން ބޭފުޅުންނަށް ހުވައި ލައިދެއްވީ، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސީއެސްސީ އަށް އަލަށް ޢައްޔަންކުރެއްވި ތިން މެންބަރުންނާ، އެ މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.