ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް މިއަދު އަރުވައިފިއެވެ.
މި ބޭފުޅުން ޝަރަފް އަރުވާފައި ވަނީ މިއަދު ހއ. އުތީމުގައި ކުރިއަށްދާ ޤައުމީ ދުވަހުގެ ޖަލްސާގައެވެ.
މި ޖަލްސާގައި މި ބޭފުޅުން މި ޝަރަފް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އެރުވީ، އެ ބޭފުޅާގެ ހަނދާނަށެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވި 3 ބޭފުޅުންނަކީ:
- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން:
ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު މއ. ފީރޯޒްވާދީ - އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: އަލްފާޟިލް މުޙައްމަދު މަޢުރޫފް ޖަމީލް މ. ދޫރެސް
- ޕަރފޯމިންގ އާޓްސްގެ ދާއިރާއިން: އަލްމަރްޙޫމް މުޙައްމަދު މާޖިދުގެ ހަނދާނަށް ގ. ކްރީމްގެ
މީގެ އިތުރުން ދިވެހި ދައުލަތުން އަރުވާ ނިޝާން ދިޔަމިގިލި ޝަރަފް (ނ.ދ.ޝ.ޢ)ގެ ޢިއްޒަތް އުތީމު އާދަމް އަބުދުއްރަޙްމާން (އުތީމު އާދަމްބެ) އަށް މިއަދު އަރުވާފައިވާއިރު، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު ހއ. އުތީމު ރައްޔިތުންނަށް މިއަދު ވަނީ އަރުވާފައެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި 9 ބޭފުޅުންނާއި ކުންފުންޏަކަށް ވަނީ ދީފައެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!