ދުނިޔޭގެ އެއްވެސް ހިސާބަކުން މީގެކުރިން ފެނިފައިވާކަމަށް ރެކޯޑް ކުރެވިފައިނުވާ މަހެއް ރާއްޖެއިން ފެނިއްޖެއެވެ.
އެ މަހަށް ދީފައިވާ ނަމަކީ "ކްރޯމިސް އަބަދަށް" އެވެ. މެރިން ޖާނަލް މޯލްޑިވެސް އިން ބުނީ މި މަސް ފެނިފައިވަނީ ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުން ކަމަށާއި، އެއީ 95 މީޓަރާއި 110 މީޓަރު ދެމެދު ފުނުން ކަމަށެވެ. ދަލެއް ބޭނުން ކޮށްގެން މީގެ ހަތަރު މަސް ހިފައި އިތުރު ތަހުލީލުތައް ކޮށްފައިވާކަމުގައި ވެސް މެރިން ޖާނަލް މޯލްޑިވްސ އިން ބުންޏެވެ.
މެރިން ޖާނަލް މޯލްޑިވްސް އިން އިތުރަށް ބުނީ 8 ސަރަހައްދަކުން މި މަސް ރެކޯޑް ކުރެވިފައިވާ ކަމަށާއި، އެއީ ފާދިއްޕޮޅުން ފެށިގެން ނިލަންދެ އަތޮޅު ދެކުނުބުރީ ސަރަހައްދުތައް ހިމެނޭހެން 180 ކިލޯމީޓަރު ރާސްތާއަކުން ކަމަށެވެ.
މި މަސް ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ފެންނާނެ ކަމުގައި މެރިން ޖާނަލް މޯލްޑިވްސް އިން ވަނީ ލަފާކޮށްފައެވެ.
މި މަހަކީ 6.9 ސެންޓި މީޓަރަށް ބޮޑުވާ ކުޑަކުޑަ މަހުގެ އާއިލާގެ، އެހެން އެތައް ބާވަތެއްގެ ދިވެހި ކަނޑުތަކުން ފެންނަ ކަމަށާއި މި އާއިލާއަށް ޖުމްލަކޮށް ދަނބާ ކިޔާކަމަށް މެރިން ޖާނަލް މޯލްޑިވްސް އިން ބުންޏެވެ.
ފުން ފަޅުތަކާއި ފަރުތަކުގެ އަޑީގައި މީގެކުރިން ހޯދިފައިނުވާ އެތައް ދިރުންތަކެއް ވާނެ ކަމުގައި މެރިން ޖާނަލް މޯލްޑިވްސް އިން ލަފާކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!