މަސްހިފަން ޖަހާފައިއޮތް ދަލެއްގައި އޮޅިފައި އޮތް ބޮޑު އެންމަޑި (މަންތާރޭ) އެއް، ރާއްޖޭގެ ކަނޑޫމާ ރިސޯޓުގެ ޑައިވަރުންގެ މަސައްކަތުން ސަލާމަތްކޮށްފިއެވެ.
ދިވެހިރާއްޖޭގެ ހޮލިޑޭ އިން ރިސޯޓު ކަނޑޫމާ މޯލްޑިވްސްގެ ކައިރީގައިވާ ޑައިވް ސައިޓެއްގައި ސުވިސް ފަތުރުވެރިން ވަނީ އެމީހުންނަށް ފެނުނު ވަރަށް އަޖައިބުވެފައިވާ ހާދިސާއެއް ވީޑިއޯކޮށްފައިވެއެވެ. އެމީހުންނަށް ފެނުނީ ޑައިވް އިންސްޓްރަކްޓަރާއި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑައިވްކުރަމުން ދަނިކޮށް ދަލެއްގައި ޖެހިފައި އޮތް ބޮޑު އެންމަޑިއެއް ސަލާމަތްކުރާ މަންޒަރެވެ.
ހޮލިޑޭ އިން ރިސޯޓު ކަނޑޫމާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު މާކް އެލެޓަރ އާއި އެ ރިސޯޓުގެ ތަޖުރިބާކާރު ޑައިވަރެއް ވަނީ މިހާދިސާގެ މަންޒަރު ސިފަކޮށްދީފައެވެ. އެމީހުން ބުނެފައިވާ ގޮތުގައި 4 މީޓަރުގެ ސައިޒުގެ ބޮޑު އެންމަޑިއެއް، 15 މީޓަރުގެ ފުންމިނުގައި ސޭފްޓީ ސްޓޮޕެއްގައި ތިއްބާ އެމީހުންނާ ކައިރިވިއެވެ. އޭގެ ސިފައިން ދައްކައިދިނީ އެ އެހީއަށް އެދޭ ކަހަލަ ގޮތަކަށް ކަމަށް އެމީހުން ބުންޏެވެ.
އެންމަޑި ދަލުގައި ޖެހިފައި
އެމީހުން ބުނިގޮތުގައި ''އެ އެންމަޑި އެހީއަށް އެދޭފަދަ ގޮތަކަށް ހަރަކާތްކުރަމުން ދިޔައިރު އޭގެ ލޮލުން ކަރުނަ އައިސްފައިވާ މަންޒަރު ފެނުނެވެ.'' އެމީހުން މި ތަޖުރިބާ ސިފަކުރީ ހަޔާތުގައި ކުރި އެންމެ އާދަޔާ ޚިލާފު ޑައިވްގެ ގޮތުގައެވެ.
"މިއީ އަހަރެންގެ މުޅި ޑައިވިންގ ކެރިއަރގައި ދިމާވި އެންމެ ޚާއްޞަ ތަޖުރިބާ. އަހަރެމެން މައްޗަށް އައިއިރު ރޮވުނު," މާރކް ބުންޏެވެ. އޭނާއަކީ 300 އަށްވުރެ ގިނަ ޑައިވްތައް ކޮށްފައިވާ ތަޖުރިބާކާރު ރެސްކިއު ޑައިވަރެކެވެ.
މާރކްގެ ބުނެފައި ވަނީ އެންމަޑިއަށް ނުރައްކާ ކުރިމަތިވެފައިވީނަމަވެސް، ޑައިވަރުންނާ އެކު އިތުބާރާއެކު އެހީތެރިކަން ހޯދުމަށް މަޑުކުރިކަމަށެވެ. މިކަން ދައްކުވައިދިނީ ''ބަނދެވިފައިވާ މި ކަނޑުގެ ދިރުން'' އިންސާނުންގެ ކިބައިން އެދުނު އެހީތެރިކަމުގެ ބޮޑުމިންކަން އޭނާ ފާހަގަކުރިއެވެ.
ޑައިވަރެއް އެންމަޑި ސަލާމަތް ކުރަނީ
ސުވިސް ފަތުރުވެރިންތަކެއް މި ހާދިސާ ވީޑިއޯ ކުރިއެވެ. މި ވީޑިއޯގައި ޑައިވް އިންސްޓްރަކްޓަރ ޓޮމޮޔޯ ދަނީ، އެންމަޑި (މަންޓާ)ގެ ބޮލުގައި އެޅިފައިވާ މަސްދާ ކަނޑާލަމުންނެވެ. މި މަސައްކަތް ކުރިއަށްދިޔައިރު އެހެން ޑައިވަރުން ތިބީ ރައްކާތެރި ދުރުމިނެއްގައެވެ. ޓޮމޮޔޯގެ ހިތްވަރުގަދަ މަސައްކަތުން އެންމަޑި ވަނީ ސަލާމަތްކުރެވިފައެވެ.
އެންމަޑި އަކީ ކަނޑުގެ އެންމެ ބޮޑެތި މަޑީގެ ޢާއިލާގައި ހިމެނޭ ބާވަތެކެވެ. މިފަދަ އެންމަޑިއެއްގެ ފުޅާމިނުގައި 7 މީޓަރު ހުންނަ އިރު، ބަރުދަނުގައި 2,300 ކިލޯއާ ހަމައަށް ހުރެދާނެއެވެ. ކަޅު ކުލައިގެ ބުރަކަށީގައި ހުންނަ ހުދު ކުލައިގެ ފާހަގަތަކަކީ މި މަހުގެ ޚާއްޞަ ސިފައެކެވެ. އަދި މި މަހުގެ ބަނޑުގެ ދަށު ފަރާތް ހުންނަނީ ހުދުކުލައިގައެވެ.
މި ހާދިސާއިން ދައްކުވައިދެނީ ކަނޑުގެ ދިރުންތައް ސަލާމަތްކުރުމުގައި އިންސާނުންގެ ދައުރުގެ މުހިންމުކަމެވެ. އަދި ހަމައެހެންމެ، ޣޯސްޓް ނެޓްސް ނުވަތަ ދޫކޮށްލެވިފައި ހުންނަ މަސްދާތަކުން ކަނޑުގެ ދިރުންތަކަށް ކުރިމަތިވާ ނުރައްކަލުގެ ބޮޑުކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!