ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް ނަމާދު ވަގުތު ޖެހިއްޖެނަމަ، އެކަން އަންގައި ދިނުމުގެ ގޮތުން ބަންގީގެ އަޑު އިއްވަން ފަށައިފިއެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނިކޮށް މެންދުރު ނަމާދުގެ ވަގުތު ޖެހުމާ އެކުގައި މަޖިލިހުގެ ތަޅުމުން ބަންގީގެ އަޑު އިވިފައިވެއެވެ. އެއީ އިސްލާމް ދީނަށް މީހުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަލީ ރަމީޒުގެ ބަންގީގެ އަޑެވެ.
އޭރު މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގެންދެވީ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ. ޝުޖާއު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް މައިކް ކަނޑާލައި، މަޖިލިހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފެށިއެވެ.
މިއީ މިފަދަ ގޮތަކަށް މަޖިލީހުގެ ރިޔާސަތުން އަމަލު ކުރި ފުރަތަމަ ފަހަރެވެ.
މީގެ ކުރީން ބަންގީގެ ވަގުތު އައި ކަމުގައި ވިޔަސް މަޖިލިސް މެދުކަނޑާނުލައި ކުރިއަށް ގެންދެއެވެ. ނަމަވެސް ޓީވީތަކުގެ ލައިވް ބަންގީގެ ވަގުތަށް މެދުކަނޑާލައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!