މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1446، ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ފޭދޫގައި ރަށްވެފިވެފައިވާ ފަރާތްތަކާއި، ރަށްވެހިވެފައިވާ ފަރާތްތަކުގެ ދަރިންނާއި، އެ ރަށުގައި ރަށްވެފިވެފައިވާ ރައްޔިތަކާއި ކައިވެނީގެ ގޮތުން ގުޅިފައިވާ ފަރާތްތަކާއި، ރަޖިސްޓަރީ ކޮށްގެން އެ ރަށުގައި ހިންގާ ޤުރުއާން ކްލާސްތަކުގެ ދަރިވަރިންގެ އިތުރުން އެ ރަށު ސްކޫލްތަކުގެ ދަރިވަރުންނަށެވެ.

Ad
rt

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ކީރިތި ޤުރުއާންގެ ހަމަތަކުގެ މަތިން އުނގެނުމާއި، އުނގައްނައި ދިނުމުގައި ތަރުތީލުކޮށްކިޔެވުމުގެ ގާބިލްކަން އުފެއްދޭނެފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި، އެ ރަށުގެ ރައްޔިތުންގެ މެދުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި އެ ފަންނު ކުރިއެރުވުމާއި، އެ ރަށުގައި ޤުރުއާން ރީތިކޮށް ކިޔަވާ ފެންވަރު ރަނގަޅު ދަރިވަރުން އުފެއްދުމުގެ އިތުރުން އެ އަތޮޅު ޤުރުއާން މުބާރާތުގައި އެ ރަށުން ވާދަކުރާނެ ދަރިވަރުން ހޮވުމެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ގޫގުލް ފޯމް ފުރިހަމަ ކުރުމަށް ފަހު ސަބްމިންޓް ކުރުމަށް އެ ކައުންސިލުން އެދެއެވެ.

މި މުބާރާތުގެ އެއްވަނަ ހޯދާ ފަރާތަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނައަށް އަށް 10000 (ދިހަހާސް) ރުފިޔާ، ތިންވަނައަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.