ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރގެ މަގާމަށް، ޑޮކްޓަރ މަޙްމޫދު ޝައުޤީ މިރޭ ޢައްޔަނު ކުރައްވައިފިއެވެ.
ޝައުޤީ އެމަޤާމަށް ޢައްޔަނު ކުރައްވައި މަޤާމްގެ ފަތްކޮޅު އެރުވީ މިރޭ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ.
ޑރ. ޝައުގީ އަކީ ރާއްޖޭގެ ތައުލީމާބެހޭ ވަޒީރު ކަމާއި، ފަތުރުވެރިކަމާބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފޫޅެކެވެ.
ޝައުޤީ މީގެ ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. ޝައުޤީ ޖޭޕީއަށް ރަސްމީކޮށް ސޮއި ކުރެއްވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ކަމަށް، ޑރ. ޢާއިޝަތު ޝެހެނާޒު އާދަމް އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ކަމަށް، ޑރ. ޢަލީ ޒާހިރު މިރޭ ވަނީ ޢައްޔަނު ކުރައްވާފައެވެ.
އެމްއެންޔޫގެ ޗާންސެލާގެ މަޤާމުގައި ކުރިން ހުންނެވީ ޑރ. ހަސަން ހަމީދެވެ.
މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވަނީ ސަރުކާރުގެ ބައެއް އިސް މަޤާމުތަކަށް ބޭފުޅުން ޢައްޔަނު ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!