ހއ. ދިއްދޫ ފަރުމައްޗަށް ބާޖަކާއި ޓަގެއް އަރައިފިއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ''ތިލަދުން'' އަށް ވިދާޅުވީ، އެރަށުގެ އިރުމަތީ ފަރާތު ފަރުމައްޗަށް ބާޖަކާއި ޑަގުބޯޓެއް އަރާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ހެނދުނުއެވެ. މި ހާދިސާ ހިނގުމުގެ ރިޕޯޓް ލިބުމާއެކު ހަމަ އިއްޔެ އެކަން އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އެންގި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
''މިއަކީ މިރަށު ބަނދަރު މަޝްރޫޢަށް ހިލަ ހިފައިގެންއައި އިންޑިއާގެ ކުންފުންޏެއްގެ ބާޖަކާއި، ޓަގް ބޯއްޓެއް ކަމަށް މައުލޫމާތު ލިބެނީ، މި ހާދިސާ ހިނގުމުން ހަމަ އިއްޔެ އީޕީއޭ އަށާއި ކަމާބެހޭ އިދާރާތަކަށް އެންގިން، އެކަމަކު މިހާތަނަށް އަދި އެ ފަރާތްތަކުގެ ހިލަމެއްނެތް'' ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި މި ހާދިސާގެ ސަބަބުން ރަށުގެ ފަރަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ކައުންސިލުން ދޫދިނުމެއްނެތި މަސައްކަތް ކުރާނެއެވެ.
ރަޝީދު ވިދާޅުވި ގޮތުގައި، އެ ޓަގްބޯޓާއި ބާޖުގައި މަސައްކަތްކުރާ ފަޅުވެރިން މިވަގުތު ވެސް ތިބީ އެ އުޅަނދުފަހަރުގައެވެ.
ދިއްދޫ ނެރު ފައިކަށީގެ މައްސަލައިގައި ވެސް މީގެކުރީން މިފަދަ ހާދިސާތަކެއް ވަނީ ހިނގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!