Skip to main content
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު ޒުވާނާ ނިޔާވެއްޖެ
Raajje

އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު ޒުވާނާ ނިޔާވެއްޖެ

ހުޅުމާލެ ފޭސް 2 ގައި ހުންނަ “އަމާން އުދަރެސް” 8 ވަނަ ޓަވަރުން މިއަދު ވެއްޓުނު ޒުވާނާ ނިޔާވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގައި ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ. މި ހާދިސާގައި ޒުވާނާ ވެއްޓިފައި ވަނީ އިމާރާތުގެ 15 ވަނަ ފަންގިފިލާއިންކަމަށް ބެލެވޭކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮކްޓޫބަރު 6 ވަނަ ދުވަހުގެ 14:26 އެހައިކަންހާއިރު އެވެ. މިހާދިސާ އާއި ގުޅިގެން އަމާން […]

ދަނޑުހައްދާ ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި މީހަކަށް 25 އަހަރުގެ ޖަލު ހުކުމެއް
Raajje

ދަނޑުހައްދާ ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި މީހަކަށް 25 އަހަރުގެ ޖަލު ހުކުމެއް

ގދ. ގަމުގައި ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް އެ ތަކެތީގެ ވިޔަފާރިކުރި މައްސަލައެއްގައި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ ގދ. ގައްދޫ، ނޫރީގެ، އުމުރުން 37 އަހަރުގެ އަލީ ޝަޒީނުގެ މައްޗަށެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް މި ހުކުމް އިއްވާ...

އަމާން ޓަވަރެއްގެ 15 ވަނަ ފަންގިފިލާއިން 20 އަހަރުގެ ޒުވާނަކު ވެއްޓިއްޖެ
Raajje

އަމާން ޓަވަރެއްގެ 15 ވަނަ ފަންގިފިލާއިން 20 އަހަރުގެ ޒުވާނަކު ވެއްޓިއްޖެ

ހުޅުމާލެ ފޭސް 2 ގައި ހުންނަ “އަމާން އުދަރެސް” 8 ވަނަ ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުމާއެކު، ސީންގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގައި ވެއްޓިފައި ވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ ވެއްޓިފައި ވަނީ އިމާރާތުގެ 15 ވަނަ ފަންގިފިލާއިންކަމަށް ބެލެވޭކަމަށް ފުލުހުން ބުނެއެވެ. ހުޅުމާލޭ […]

ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ
Raajje

ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ

ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް، އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުން މިކަމަށް އެދިފައިވަނީ އެ ޚިދުމަތުގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މޮނިޓަރ ކުރަމުންދާ ކަންތައްތަކުގެ ތެރެއިން މިފަދަ މައްސަލަތަކެއް ފާހަގަކުރެވިގެންނެވެ. ފުލުހުން ބުނި ގޮތުގައި، މިގޮތަށް ފޮނުވަމުންދާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ ބަލާބެލުމަށް އިތުބާރުކުރެވޭ ރަ...

ފޮށިގަނޑެއްގައި ރައްކާކޮށްގެން ހިމަންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
Raajje

ފޮށިގަނޑެއްގައި ރައްކާކޮށްގެން ހިމަންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

އއ. ހިމަންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދައި، އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ މި ތަކެތި ހޯދާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހިމަންދޫ ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ހިމަންދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗެއްގައި މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެ މައުލޫމާތާ ގުޅިގެން މި އޮކްޓޫބަރު މަހުގެ 4 ވަނަ ދުވ...

ބޮޑުތަކުރުފާނު މަގު ބާޒާރުމަތީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ
Raajje

ބޮޑުތަކުރުފާނު މަގު ބާޒާރުމަތީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތި ސަރަހައްދުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްޓަކައި މިހާރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އެމީހާއަށް އެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ކަމަށެވެ. މިހާދިސާގެ އަޕްޑޭޓް ދެމުން އަންގާރަ ދުވަހު ހެނދުނު ފުލުހުން ބުނީ މިހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބުނީ ހޯމަ ދުވަހުގެ ރޭ 22:14 ގައިކަމަށެވެ. އަދި މި އެކްސިޑެންޓްގައި އަނިޔާވީ 19...

ނޯތު ޕޮލިސް ރީޖަންގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގުކުރަނީ
Raajje

ނޯތު ޕޮލިސް ރީޖަންގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގުކުރަނީ

ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މިރޭ ވިދާޅުވީ، ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅި، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ […]

މާލޭގެ ގެއަކުން ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާ އެކު ދެ ބިދޭސީން ހައްޔަރުކޮށްފި
Raajje

މާލޭގެ ގެއަކުން ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާ އެކު ދެ ބިދޭސީން ހައްޔަރުކޮށްފި

މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރާ އުފައްދައި، ވިއްކައި ވިޔަފާރިކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި އިންޑިއާގެ ދެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. އެ މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރް އަދި 23 އަހަރުގެ ކަންނަން އިރުލައްޕަން އެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ...

ހައިވޭގައި ސައިކަލުމަތީ އޮށޯވެގެން ދުއްވައި ފުލުހުންގެ ކާރުގައި ޖެއްސި މީހާ ހައްޔަރު: 44،000ރ. ގެ ޖޫރިމަނާ ވެސް ނުދައްކާ
Raajje

ހައިވޭގައި ސައިކަލުމަތީ އޮށޯވެގެން ދުއްވައި ފުލުހުންގެ ކާރުގައި ޖެއްސި މީހާ ހައްޔަރު: 44،000ރ. ގެ ޖޫރިމަނާ ވެސް ނުދައްކާ

މަސްތުގެ ހާލަތުގައި ހުރެ، ހައިވޭގައި ސައިކަލުމަތީ އޮށޯވެގެން ނުރައްކާތެރިކޮށް ދުއްވުމަށްފަހު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން އުޅުމުގެ ތެރޭގައި ފުލުހުންގެ ކާރުގައި ޖެއްސި ޒުވާނަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރި މަގުމަތީގައެވެ. ފުލުހުންގެ ޚިދުމަތުން މީސްމީޑިއާގައި އާންމުކުރި މައުލޫމާތުގައި ބުނީ، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވައި ފުލުހުންގެ ވެހިކަލެއްގައި ޖެއްސި މި މައްސަލައާ ގުޅިގ...

ފުލުހުންގެ އައު ތަރުޖަމާނަކަށް އިންސްޕެކްޓަރ އަޙްމަދު ޝިޔާމް ހަމަޖައްސައިފި
Raajje

ފުލުހުންގެ އައު ތަރުޖަމާނަކަށް އިންސްޕެކްޓަރ އަޙްމަދު ޝިޔާމް ހަމަޖައްސައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް، ހަމަޖައްސަވައިފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި ޝިޔާމް މި މަގާމަށް ހަމަޖެއްސެވީ މިއަދު (4 އޮކްޓޫބަރު 2026) އިން ފެށިގެން ކަމަށެވެ. އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް މި މަގާމާ ހަވާލުވެވަޑައިގަތީ، މީގެ ކުރިން ތަރުޖަމާނުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފްގެ ބަދަލުގައެވެ.  

ޝައްކުވެގެން ބަލައިފާސްކުރިއިރު އަތުން ފެނުނީ 57 ގްރާމްގެ މަސްތުވާތަކެތި
Raajje

ޝައްކުވެގެން ބަލައިފާސްކުރިއިރު އަތުން ފެނުނީ 57 ގްރާމްގެ މަސްތުވާތަކެތި

ހުޅުމާލެ ފޭސް 1 ގައި ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރި ޒުވާނެއްގެ އަތުން 57 ގްރާމްގެ މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، ރެއަރ، މުޙައްމަދު ޖައުޝް ޝުޖާޢު (22އ) އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މި އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ކަމަށެވެ. އެގޮތުން އޭނާ ހައްޔަރުކުރީ ހުޅުމާލެ […]

ނުރައްކާތެރިކޮށް އުޅަނދު ދުއްވާ މީހުންނަށް އިތުރު އިންޒާރެއް ނެތް، ދެން ހިންގާނީ ޖިނާއީ ތަހުގީގު
Raajje

ނުރައްކާތެރިކޮށް އުޅަނދު ދުއްވާ މީހުންނަށް އިތުރު އިންޒާރެއް ނެތް، ދެން ހިންގާނީ ޖިނާއީ ތަހުގީގު

އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ފަށައި، އިތުރު އިންޒާރަކާ ނުލައި ޖިނާއީ ތަހުގީގު ހިންގަން ނިންމައިފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި މަސައްކަތުގެ ދަށުން ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ، އެ މީހުންގެ މައުލޫމާތު ޕްރޮފައިލްކުރުމުގެ މަސައްކަ...

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ނުވަ އުޅަނދެއް ޓޯކޮށްފި
Raajje

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ނުވަ އުޅަނދެއް ޓޯކޮށްފި

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ ނުވަ އުޅަނދެއް ފުލުހުން ޓޯކޮށްފިއެވެ. މި އުޅަނދުތައް ޓޯކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް މަގުމަތިން ނެގުމަށް ފުލުހުން ކުރިއަށްގެންދާ ހާއްސަ މަސައްކަތުގެ ތެރެއިންނެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ބޮޑުތަކުރުފާނުމަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން، ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ރެޔާއި ހަމައަށް ހަތަރު ފުރޮޅުލީ ނުވަ އުޅ...

ފުރަން ދިޔަ ދިވެއްސެއްގެ އަތުން ވަޒަނެއްގެ ހުސް ދޯރިއެއް ފެނިއްޖެ
Raajje

ފުރަން ދިޔަ ދިވެއްސެއްގެ އަތުން ވަޒަނެއްގެ ހުސް ދޯރިއެއް ފެނިއްޖެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ގޮސް ހުރި ދިވެހި ފިރިހެނެއްގެ އަތުން ވަޒަނެއްގެ ހުސް ދޯރިއެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 02 ވީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން އެއަރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ތައްޔާރުވަމުން ދިޔަ ދިވެހި ފިރިހެނެއްގެ އަތުން ވަޒަނުގެ ހުސް ދޯރި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލައާ ގުޅިގެން […]

އާންމު ތަންތަނުގައި ނިވާކަން ކުޑަކޮށް ހެދުން އަޅާ ބިދޭސީންނާއި ފަތުރުވެރިންނާ މެދު ގާނޫނީ ފިޔަވަޅު އަޅަނީ
Raajje

އާންމު ތަންތަނުގައި ނިވާކަން ކުޑަކޮށް ހެދުން އަޅާ ބިދޭސީންނާއި ފަތުރުވެރިންނާ މެދު ގާނޫނީ ފިޔަވަޅު އަޅަނީ

ދިވެހިރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ބައެއް ފަތުރުވެރިން ޢާންމު ޢިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އާންމު ތަންތަނުގައި އުޅޭ މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން މަގުމަތީގައާއި އާންމު އެކި ތަންތަނުގައި އު...