Skip to main content
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
ވަންދޫގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
Raajje

ވަންދޫގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ތ. ވަންދޫގައި ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން މިރޭ ބުނި ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ސެޕްޓެމްބަރު 29 ވަނަ ދުވަހުގެ ހަވީރު 18:05 އެހައިކަންހާއިރުއެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

''ތަކުރާރުކޮށް ޓްރެފިކް ގަވާއިދާ ހިލާފުވާ މީހުންނަށް ދެން ލުޔެއް ނެތް''
Raajje

''ތަކުރާރުކޮށް ޓްރެފިކް ގަވާއިދާ ހިލާފުވާ މީހުންނަށް ދެން ލުޔެއް ނެތް''

މަގުމަތީގެ ޓްރެފިކް އާންމު އުސޫލުތަކާއި ގަވާއިދުތަކަށް ބޯނުލަބާ ފަރާތްތަކާމެދު ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން އެންމެ މަތީ ދަރަޖައިގައި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު އާންމުކުރެއްވި މެސެޖެއްގައެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މެސެޖުގައި ވިދާޅުވެފައިވަނީ، މަގުމަތީގެ ޓްރެފިކް އާންމު އުސޫލުތަކަށާއި އަދަބުތަކަށް ބޯނުލަބާ މަދު ބައެއްގެ ސަބަބުން، ގިނަ ބައެއްގެ ހައްގުތައް ގެއްލެމުންދާ ކަމަށެވެ. އަދި އެފަދަ...

އަނގޮޅިތީމުގައި 72 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށް އިންޒާރުދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
Raajje

އަނގޮޅިތީމުގައި 72 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށް އިންޒާރުދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ރ. އަނގޮޅިތީމު ގެއަކަށް ވަދެ 72 އަހަރުގެ ދިވެހި އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކޮށް، މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 8:30 ހާއިރުއެވެ. މި ހާދިސާގައި އަނިޔާ ލިބުނު އުމުރުން 72 އަހަރުގެ އަންހެން މީހާއަށް އަނގޮޅިތީމު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ […]

ދިރުވާލައިގެން 142 ބްލެޓް ޑްރަގް އެތެރެކުރި ނޭޕާލްގެ ދެ މީހަކު ހައްޔަރުކޮށް ބަންދަސް 30 ދުވަސް
Raajje

ދިރުވާލައިގެން 142 ބްލެޓް ޑްރަގް އެތެރެކުރި ނޭޕާލްގެ ދެ މީހަކު ހައްޔަރުކޮށް ބަންދަސް 30 ދުވަސް

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ސްމަގަލްކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ނޭޕާލްގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ ނިއްކަ ތަމަންގް (47އ) އާއި، އީތްރާނީ ގަލެ (40އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުން ރާއްޖެއަށް އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މި ދެ މީހުން ރާއްޖެއަށް އައުމުން، ހަށިގަނޑ...

ސައިކަލު މަޑިދަށުން 1.5 ލައްކަ ރުފިޔާ ވަގަށް ނެގި މީހާ އިއުތިރާފުވެއްޖެ، އެކަމަކު ހައްޔަރެއް ނުކުރޭ!
Raajje

ސައިކަލު މަޑިދަށުން 1.5 ލައްކަ ރުފިޔާ ވަގަށް ނެގި މީހާ އިއުތިރާފުވެއްޖެ، އެކަމަކު ހައްޔަރެއް ނުކުރޭ!

މާލޭ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 1.5 ލައްކަ (150،000) ރުފިޔާ ވަގަށް ނެގި މީހާ ފުލުހުންގެ ތަހުގީގަށް އިއުތިރާފުވެއްޖެއެވެ. ފުލުހުން ބުނި ގޮތުގައި، މާލެ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 150،000 ރުފިޔާ ވަގަށްނަގާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައިގެ ތަހުގީގު ފަށައި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ފުލުހުން ވަނީ ބަލައި ދިރާސާކޮށްފައެވެ. […]

މާލޭ މަގުމަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލައެއް ބަލަން ފަށައިފި
Raajje

މާލޭ މަގުމަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލައެއް ބަލަން ފަށައިފި

މާލޭގެ މަގުމަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި ޒުވާނަކު ސައިކަލު ދުއްވަމުން ދިޔައިރު އޭނާގެ ފަހަތުގައި ވެސް ފިރިހެނަކު އިނެވެ. އަދި ޓްރެފިކް ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާ ވަގުތެއްގައި، ކާރު ލޭނުން ގޮސް، އެހެން ވެހިކަލްތަކަށް ހުރަސްއެޅޭ ގޮތަށް ނުރައ...

''ބިނާރާ ބެހޭ ވުޒާރާގެ ލޮކަރުތަކެއް އުސޫލުން ބޭރުން ހުޅުވި ނަމަވެސް ލިޔުމެއް މަދެއް ނުވޭ''
Raajje

''ބިނާރާ ބެހޭ ވުޒާރާގެ ލޮކަރުތަކެއް އުސޫލުން ބޭރުން ހުޅުވި ނަމަވެސް ލިޔުމެއް މަދެއް ނުވޭ''

ބިނާރާއި، ގެދޮރުވެރިކަމާއި، އުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި ހުރި ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިވާ ލޮކަރުތަކެއް އުސޫލުން ބޭރުން ހުޅުވާފައި ހުރި ކަމަށް ރިޕޯޓްކުރުމާ ގުޅިގެން ބެލިބެލުމުން، އެއްވެސް ލިޔެކިޔުމެއް މަދުވެފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ވުޒާރާގެ ރަސްމީ ލިޔެކިޔުންތައް އަޅާފައި ހުރި ލޮކަރުތަކެއް އޮންނަ އުސޫލުގެ ބޭރުން ހުޅުވާފައި ހުރި ކަމަށް ބިނާރާއި، ގެދޮރުވެރިކަމާއި، އުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފުލުހު...

ދެއްވަދޫއިން ޑްރަގާއެކު ހައްޔަރުކުރި ކޮލަމާފުށީ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
Raajje

ދެއްވަދޫއިން ޑްރަގާއެކު ހައްޔަރުކުރި ކޮލަމާފުށީ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ގއ. ދެއްވަދޫއިން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ގއ. ކޮލަމާފުށީ ޒުވާން ފިރިހެނަކު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ކޮލަމާފުށި، އަސަރީގެ، މުޙައްމަދު ސާއިފް ޢަލީ (26އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ސާއިފް ހައްޔަރުކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަ...

ކޮޓަރީގައި ބަނގުރާ އުފެއްދި މީހަކު މީދޫއިން ހައްޔަރުކޮށް 10 ދުވަހަށް ބަންދުކޮށްފި
News

ކޮޓަރީގައި ބަނގުރާ އުފެއްދި މީހަކު މީދޫއިން ހައްޔަރުކޮށް 10 ދުވަހަށް ބަންދުކޮށްފި

ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫއިން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ރަށު މީހެކެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދ. މީދޫ، ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހު މީދޫ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. މީދޫ ފުލުހުން ހިންގި އެ އޮޕަރޭޝަންގައި އޭނާ ހައްޔަރުކުރުމަށްފަހު، އޭނާ […]

ވައިގެމަގުން ޑްރަގް އެތެރެކުރަން އުޅުން ދިވެއްސަކާއި އިންޑިއާ ދެމީހަކު ހައްޔަރުކޮށްފި
Raajje

ވައިގެމަގުން ޑްރަގް އެތެރެކުރަން އުޅުން ދިވެއްސަކާއި އިންޑިއާ ދެމީހަކު ހައްޔަރުކޮށްފި

ގަން އިންޓަނޭޝަނަލް އެއާޕޯޓް މަގުން ރާއްޖެއަށް ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ދިވެއްސަކާއި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރި އިންޑިއާގެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި އިރު، އެ މީހުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތަކާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދިވެހި މީހާ ހައްޔަރުކ...

ސޯސަން މަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
Raajje

ސޯސަން މަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ

މާލޭގެ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 26 އަހަރުގެ ދިވެހި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. ފުލުހުން ބުނީ އަންހެން މީހާ ނިޔާވި ކަމުގެ މައުލޫމާތު އާއިލާގެ ފަރާތުން ފުލުހުންނަށް ދީފައިވާ ކަމަށެވެ. ސޯސަން މަގުގައި ދެ ސައިކަލު ޖެހި މި އެކްސިޑެންޓް ހިނގާފައިވަނީ 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ ދަންވަރު 01:12 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ. މި ހާދިސާގައި ޖުމްލަ […]

ނައިފަރާއި އޮޅުވެލިފުށިން ޑްރަގާއެކު ތިން މީހަކު ހައްޔަރުކޮށް ބަންދުޖަހައިފި
Raajje

ނައިފަރާއި އޮޅުވެލިފުށިން ޑްރަގާއެކު ތިން މީހަކު ހައްޔަރުކޮށް ބަންދުޖަހައިފި

ޅ. އަތޮޅުގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށް އެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައި ވަނީ ޅ. ނައިފަރާއި ޅ. އޮޅުވެލިފުށީގައެވެ. މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު، ހިތްވަރު، އަނަސް އަބްދުﷲ (19އ) އާއި، ޅ. އޮޅުވެލިފުށި، ކޮތަރިވިލާ، މުޙައްމަދު މިފްޒާލް (25އ) އަދި ޅ. އޮޅުވެލިފުށި، ޑައިމްވިލާ، އަޙްމަދު އާދިލް (20އ) އެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންތައް […]

''676 ގަޑިއިރުގެ ފުޓޭޖް ތަހުލީލުކުރި، ވުޒާރާތަކުގައި އަލިފާން ރޯވީ ކަރަންޓު މައްސަލައަކުން''
Raajje

''676 ގަޑިއިރުގެ ފުޓޭޖް ތަހުލީލުކުރި، ވުޒާރާތަކުގައި އަލިފާން ރޯވީ ކަރަންޓު މައްސަލައަކުން''

2024 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯވި ހާދިސާއަކީ ކަރަންޓު މައްސަލައަކުން ހިނގި ހާދިސާއެއް ކަމަށާއި، އެއީ ގަސްތުގައި ރޯކޮށްލި އަލިފާނެއް ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން މިކަން ހާމަކުރީ އެ ހާދިސާގެ ތަހުގީގަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ތަހުގީގުގައި 14 ކެމެރާއަކުން 676 ގަޑިއިރުގެ ވީޑިއޯ ފޫޓޭޖް ފުލުހުން ވަނީ ތަހުލީލުކޮށްފައެވެ. […]

ވާރޭވެހޭތީ ބުރިޖް އެއްފަރާތުގައި މަޑުކޮށްގެން ހުއްޓައި ސައިކަލަކުން ޖެހި އެކްސިޑެންޓްވެ އަނިޔާވެއްޖެ
Raajje

ވާރޭވެހޭތީ ބުރިޖް އެއްފަރާތުގައި މަޑުކޮށްގެން ހުއްޓައި ސައިކަލަކުން ޖެހި އެކްސިޑެންޓްވެ އަނިޔާވެއްޖެ

ސިނަމާލެ ބްރިޖްގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 30 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ސިނަމާލެ ބްރިޖްގެ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައެވެ. އަދި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ މެންދަމު 2:21 އެހައިކަންހާއިރު ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި މަޑު...

އިސްރަށްވެހިން ސްކޭމްތަކަށް ހޭލުންތެރިކުރުން: އުރީދޫއާއި ފުލުހުން ގުޅިގެން ޚާއްސަ ސެޝަނެއް
Business

އިސްރަށްވެހިން ސްކޭމްތަކަށް ހޭލުންތެރިކުރުން: އުރީދޫއާއި ފުލުހުން ގުޅިގެން ޚާއްސަ ސެޝަނެއް

އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، މާލެ އަދި ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ޑިޖިޓަލް ލިޓަރަސީ އަދި ސްކޭމް އެވެއަރނަސް ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އާންމުކޮށް ހިންގާ ސްކޭމްތައް ދެނެގަތުމަށާއި، ޑިޖިޓަލް ޚިދުމަތްތައް އިތުބާރާއެކު ރައްކާތެރިކޮށް ބޭނުންކުރުމަށް އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމުގެ މައްޗަށެވެ. ސްމާޓްފޯނާއި، ޑިޖިޓަލް ޕޭމަންޓްތަކާއި، އޮންލައިނ...