މާރަންދޫގެ ބެލެނިވެރިންނަށް ސައިބަރ ސެކިއުރިޓީ ހޭލުންތެރިކަމުގެ ޚާއްޞަ ސެޝަންތަކެއް
ހއ. މާރަންދޫގެ ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ސައިބަރ ސެކިޔުރިޓީއަށް ހޭލުންތެރިކުރުވުމުގެ މުހިންމު ސެޝަންތަކެއް މިއަދު ފެށުމަށް ތައްޔާރުވެއްޖެއެވެ.
ހއ. މާރަންދޫގެ ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ސައިބަރ ސެކިޔުރިޓީއަށް ހޭލުންތެރިކުރުވުމުގެ މުހިންމު ސެޝަންތަކެއް މިއަދު ފެށުމަށް ތައްޔާރުވެއްޖެއެވެ.
ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 24 ވަނަ ދުވަހު ކަމަށެވެ. އެގޮތުން ކާކުކަން ނޭނގޭ ފަރާތަކުން މީހަކަށް ގުޅައި، އޭނާގެ އޯޓީޕީ ކޯޑު ހޯދުމަށްފަހު އެ ކޯޑު ބޭނުންކޮށްގެން ބޭންކު އެކްސެސް ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މިގޮތަށް މަކަރާއި ހީލަތުން އެކައުންޓަށް ވަދެ، އެ އެކައުންޓުން […]
ހުޅުމާލެ ފޭސް 1 ގައި ހުންނަ މެރިނޭޓް ކެފޭގައި ގޭސްފުޅިއެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނިޔާވި ހަތަރު މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މެރިނޭޓް ކެފޭގައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ކެފޭގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މި ހާދިސާގައި ޖުމްލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން […...
މާލޭގެ ފަހާތަނެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މާލޭގެ ފަހާތަނެއްގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ތުހުމަތު ކުރެވެނީ ބިދޭސީ ފިރިހެނަކަށް ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ބިދޭސީ މީހާ ހައްޔަރުކޮށްފައިވާއިރު، ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުންނެވެ. ފުލުހުން އިތުރަށް ބުނީ، މި މައްސަލަ އެ އިދާރާއިން އިތުރަށް ތަހުގީގު
އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު ހަތަރު މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފިއެވެ. މި މައްސަލައާ ގުޅިގެން ޖުމްލަ ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މީހުންގެ މައްސަލައިގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ފުލުހުންގެ އިދާރާއިން ހާމަކުރީ ރޭގައެވެ. ފުލުހުން ބުނީ މި
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުވައްމުލައް ސިޓީ އާއި ރ. ދުވާފަރުން ބަޔަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ. ފުލުހުން ހިންގި މި އޮޕަރޭޝަންތަކުގައި މި ދެ ރަށުން ޖުމްލަ ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ބުނި ގޮތުގައި، ފުވައްމުލައް ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ […]
ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑުން ބަރަހަނާ މަންޒަރެއް ފެންނަ ފޮޓޯއެއް ދެއްކި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށް، އެ މައްސަލަ ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ މި މައްސަލަ ފެންމަތިވެފައިވަނީ ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގައި ކަމަށެވެ. އެ ފިހާރައިގެ ބިލްބޯޑެއްގައި ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އަޅުވާފައި ހުރި ކަމުގެ މައުލޫމާތު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 އޮކްޓޫބަރު 29 ވަނަ ދުވަހުގެ ރޭ ދަންވަރު 03:23 އެހައިކަންހާއިރު […]
ސައިބަރ ސެކިއުރިޓީ މަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރެވިފައިވާ ހުރިހާ ރަށެއްގައި ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ކެމްޕޭނުގެ ދަށުން ހއ. އަތޮޅުގެ އެކި ރަށްރަށުގައި ފުލުހުން ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގައިފިއެވެ. އޮކްޓޫބަރު މަހުގެ 18 އިން 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ސައިބާ ސެކިއުރިޓީއަށް އާންމުންނާއި އެކި ދާއިރާތަކުގެ މުވައްޒަފުން އަހުލުވެރިކުރުވުމެވެ. ހއ. އަތޮޅު ޕޮލިހުން ބުނީ، މި ކެމްޕޭނުގެ ތެރެއިން ހއ. އިހަ
މުދާ ވިއްކާނެ ކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެ މައްސަލައަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫ، ހީނާގެ، ޢަލީ ޢައްފާން (32އ) އާއި، އެ ރަށު ޕްލާޒާ، މުޙައްމަދު ޙަމީދު (34އ) ގެ އިތުރުން ނ. ވެލިދޫ، ވީނަސް، ޙައްސާނު ޢަލީ (34އ) އެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ޙައްސާނު ޢަލީ ހައްޔަރުކޮށްފައިވަނީ […]
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި 6.75 ކިލޯގެ މަސްތުވާތަކެއްޗާއެކު ބަންގްލަދޭޝްގެ ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖިހާދު ބިން އަރީފް (20އ) އާއި، އެމްޑީ މިޒަންނޫރު ރަހްމާން (41އ) އާއި، މިރްޒާ އަލް އަމީން (30އ) ގެ އިތުރުން އެމްޑީ އަރްމާން އަލީ (21އ) އެވެ. މި ހަތަރު މީހުންނަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް، މަސްތ...
ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް، އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އުމުރުން ދުވަސްވީ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ފުލިދޫ، ހަޒާރުމާގެ، އަޙްމަދު ނަޞީރު (62އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، އަޙްމަދު ނަޞީރު ހައްޔަރުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އޭނާ...
ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެއްޗެއް ގޮވައި، ޖުމްލަ 18 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި ސިއްހީ ފަރުވާ ދޭން ޖެހިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ. މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ކައިރި ސަރަހައްދުތަކަށް ފެތުރިގެން ދިޔަ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށް ވެސް އަލިފާން […]
ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްގެ ކުށްތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލި “އިންޓަރނޭޝަނަލް އިންވެސްޓިގޭޓިވް ކޯޕަރޭޝަން އެލަޔަންސް” (އައިއައިސީއޭ) ގެ ރިޒޮލިއުޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފިއެވެ. މި ރިޒޮލިއުޝަންގައި ދިވެހި ފުލުހުން ސޮއިކޮށްފައިވަނީ ދެކުނު ކޮރެއާގެ އިންޗިއޮންގައި ބޭއްވި އެ އިއްތިހާދުގެ ފުރަތަމަ އަހަރީ ފޯރަމްގައެވެ. ކޮރެއަން ނޭޝަނަލް ޕޮލިސް އެޖެންސީން އިންތިޒާމުކޮށްގެން 2026 އޮކްޓޫބަރު 21 އިން 23 އަށް ކުރިއަށްގެންދިޔަ މ...
ވަޓްސްއެޕް މެދުވެރިކޮށް މުއާމަލާތުކޮށް، މަކަރާއި ހީލަތުން 32،000 ރުފިޔާ އަތުލި މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައިގެން އޮންލައިންކޮށް ފައިސާ އަތުލާފައިވާ ކަމަށް ބުނެ 2026 އޮކްޓޫބަރު 13 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންނެވެ. އެއީ ހ. ވެލަސްފަރުގެ / މާލެ، ޙުސައިން ސާމިރު (40އ) އާއި، ދަފްތަރު. ނަންބަރު ރ...
އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުޙައްމަދު މައިސަން ޝިޔާޒު (21އ) އާއި، އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި، ނަޖުމުﷲ ޙަސަން (35އ) އާއި، ޢާޒިމް މުފީދު (24އ) އާއި، ޢަލީ ޙުޒާމް ސަޢީދު (31އ) […]