ހުޅުމާލެ ފޭސް 2 ގައި ހުންނަ "އަމާން އުދަރެސް" 8 ވަނަ ޓަވަރުން މިއަދު ވެއްޓުނު ޒުވާނާ ނިޔާވެއްޖެއެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާގައި ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.
މި ހާދިސާގައި ޒުވާނާ ވެއްޓިފައި ވަނީ އިމާރާތުގެ 15 ވަނަ ފަންގިފިލާއިންކަމަށް ބެލެވޭކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮކްޓޫބަރު 6 ވަނަ ދުވަހުގެ 14:26 އެހައިކަންހާއިރު އެވެ.
މިހާދިސާ އާއި ގުޅިގެން އަމާން ޓަވަރުތަކުގެ ބަލަދުވެރިޔާ އެޗްޑީއެފްސީން ބުނީ އަމާން އުދަރެސް ޓަވަރުން މީހަކު ވެއްޓުމުގެ ހާދިސާ ހިނގި ވަގުތު އެ ކޯޕަރޭޝަނުގެ މުވައްޒަފުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހާލަތު ބަލައި، ކަމާގުޅޭ އިދާރާތަކަށް މައުލޫމާތު ހިއްސާކޮށްފައެވެ.
މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!