ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ގޮސް ހުރި ދިވެހި ފިރިހެނެއްގެ އަތުން ވަޒަނެއްގެ ހުސް ދޯރިއެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 02 ވީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން އެއަރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ތައްޔާރުވަމުން ދިޔަ ދިވެހި ފިރިހެނެއްގެ އަތުން ވަޒަނުގެ ހުސް ދޯރި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Ad
rt

މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.