Skip to main content
Topic Archive

#ހދ މަކުނުދޫ

76 Stories filed
މަކުނުދޫ ގެއެއްގައި އަލިފާން ރޯވެ އަނދަނީ
Thiladhunmathi News

މަކުނުދޫ ގެއެއްގައި އަލިފާން ރޯވެ އަނދަނީ

ހދ. މަކުނުދޫ ގެއެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް “ތިލަދުން” އަށް ވިދާޅުވީ، އެ ގޭގައި އަލިފާން ރޯވީ މިރޭ 8 ޖަހާކަށްހާއިރު ކަމަށެވެ. ހަތަރު ވަރަކަށް މީހުން އެ ގޭގައި ދިރިއުޅެއެވެ. އެ އެންމެން ވެސް ރައްކާތެރިކަމާއެކު އެހެން ގެއަކަށް ބަދަލުކޮށްފައިވާ ކަމަށް އައުޒަމް ވިދާޅުވިއެވެ. ތިން ކޮޓަރީގެ އެ ގޭގައި ރޯވި އަލިފާނުގެ 70 އިންސައްތަ މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު، އަލިފާން ނިވުމުގެ މަސައްކަތުގައި މަކުނުދޫގެ މުއައްސަސާތަކާއި […]

މަކުނުދޫ ގައި ރޭސިންގ ޓްރެކެއް އެޅުމަށް މަޝްވަރާކޮށްފި
Thiladhunmathi News

މަކުނުދޫ ގައި ރޭސިންގ ޓްރެކެއް އެޅުމަށް މަޝްވަރާކޮށްފި

ހދ. މަކުނުދޫ ގައި ރޭސިންގ ޓްރެކެއް އެޅުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ބާއްވާފައިވަނީ މަކުނުދޫ ކައުންސިލާއި، ޕްލޭނިންގ މިނިސްޓްރީ އަދި ރޭސިންގ އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް (ރާމް) ގުޅިގެންނެވެ. މިކަމުގެ މައުލޫމާތު ”ތިލަދުން” އަށް ހިއްސާ ކުރައްވަމުން މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ އެއީ ވަރަށް އުއްމީދީ މަޝްވަރާއެއް ކަމަށާއި މި ކުޅިވަރު ރާއްޖޭގެ އެކި ސަރަހައްދުގައި ދިރުވައި، އާލާކުރުމަށް ހުޅުވިގެންދިޔަ ދޮރެއް ކަމަށެވެ. އަދި ޒުވާނުންނަށް މި ކުޅިވަރުގައި ކުރިއ...

މަކުނުދޫ އެއާޕޯޓު މަޝްރޫއު ހަވާލުކުރާނެ ބަޔަކު ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ކަނޑައަޅަނީ
Thiladhunmathi News

މަކުނުދޫ އެއާޕޯޓު މަޝްރޫއު ހަވާލުކުރާނެ ބަޔަކު ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ކަނޑައަޅަނީ

ހދ. މަކުނުދޫގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާ އެއާޕޯޓު މަޝްރޫއު ހަވާލުކުރާނެ ބަޔަކު ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ކަނޑައަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިގެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ފެށާނެ ތާރީޚަކާއި ކުރެއްވި...

ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރަން އަދި ތަނެއް ނުލިބޭ: އިމްރާން
Raajje

ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރަން އަދި ތަނެއް ނުލިބޭ: އިމްރާން

ހދ. ކުމުންދޫގައި ޕޮލިސް ސްޓޭޝަން ގާއިމުކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށާއި އިމާރާތެއް ހޯދުމަށް ތިން ފަހަރު އިއުލާން ކުރުމުން ވެސް އިޖާބައެއް ލިބިފައި ނުވާ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖލީީހުގެ މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ޝައިޚް އިމްރާން ވިދާޅުވީ އެރަށުގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތަކީ މިދިޔަ އަހަރުން ފެށިގެން ކުރަމުން އަންނަ މަސައްކ...

މަކުނުދޫގައި ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފި
Thiladhunmathi News

މަކުނުދޫގައި ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފި

މަކުނުދޫ ކަނބަލުންނަށް ހާއްސަކޮށްގެން ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ. މިއީ އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ނުވަތަ ވިމެން ޑިވެލޮޕްމެންޓް ކޮމެޓީން (ޑަބްލިއުޑީސީ) އިން ހިންގާ ކޯހެކެވެ. މި ކޯހާއި ބެހޭގޮތުން ޑަބްލިއުޑީސީގެ ރައީސާ ސާތިއާ މުހައްމަދު ރަޝީދު ‘ތިލަދުން’ އަށް ވިދާޅުވީ މި ކޯސް ފެށީ މި މޭ މަހުގެ 20 ވަނަ ދުވަހު ކަމަށާއި މިއީ ދެ ހަފުތާއަށް ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ. އަދި ޖުމްލަ 14 ފަރާތަކުން ބައިވެރިވެފައިވާ […]

ޝަވަންގެ ހުވަފެން ހަގީގަތަކަށް!
Thiladhunmathi News

ޝަވަންގެ ހުވަފެން ހަގީގަތަކަށް!

ހދ. މަކުނުދޫ އަހުމަދު ޝަވަންގެ ހުވަފެން ހަގީގަތަކަށްވެ، ޕްރޮސްތެޓިކް ފަޔެއް ޖެހުމުގެ ނަސީބު ލިބިއްޖެއެވެ. މިކަމާއިގުޅިގެން ޝަވަންގެ މަންމަ އައިޝަތު ވިޝާ “ތިލަދުން” އަށް ބުނީ މިއީ ލިބުނު ވަރަށްބޮޑު އުފަލެެއް ކަމަށާއި މިއީ ޝަވަންގެ އެންމެކުޑަދުވަހުން ފެށިގެން ދެކެމުން އައި ހުވަނެއް ކަމަށެވެ. އަދި މިކަމަށްޓަކައި އެހީތެރިވެދިން އެންމެނަށް ޝުކުރު އަދާކުރާ ކަމަށެވެ. “ވަރަށް އުފާވޭ މިއަދު، ދަރިފުޅަށް ފައެއް ޖެހޭނެ ދުވަހެއް ފެނުމަކީ ޝަވަންގެ އެންމެކުޑަދުވަހުން ފެށިގެންވެސް ކުރަމުން އައި އުއްމީދެއް. އަދި...

މަކުނުދޫ އެއާޕޯޓުގެ ކޮންސެޕްޓް ޑްރޯވިން ކައުންސިލާ ހިއްސާކޮށްފި
Thiladhunmathi News

މަކުނުދޫ އެއާޕޯޓުގެ ކޮންސެޕްޓް ޑްރޯވިން ކައުންސިލާ ހިއްސާކޮށްފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫގައި ތަރައްގީކުރާ އެއާޕޯޓުގެ މަކުނުދޫ އެއާޕޯޓުގެ ކޮންސެޕްޓް ޑްރޯވިން ކައުންސިލާ ހިއްސާކޮށްފިއެވެ. މިކަމާއި ގުޅިގެން މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ އެއަރޕޯޓުގެ ކޮންސެޕްޓް ޑްރޯވިންގ، ހައުސިންގ މިނިސްޓްރީން އެ ކައުންސިލަށް ފޮނުވާފައިވަނީ އެންމެފަހުން ރަސްމީ މަސައްކަތް ކުރި ދުވަސް ކަމަށްވާ ފިތުރު އީދު ދުވަހުގެ ކުރީދުވަހު ކަމަށެވެ. “އަޅުގަނޑުމެންނަށް ކޮންސެޕްޓް ޑްރޯވިން ވަނީ މިނިސްޓްރީން ފޮނުވާފަ. އެއީ އެންމެފަހު ރަސްމީ މަސައްކަތު ދުވަހު. މިހާރު...

މަކުނުދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރަން ހަވާލުކޮށްފި
Thiladhunmathi News

މަކުނުދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރަން ހަވާލުކޮށްފި

ހދ. މަކުނުދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރީ ގްރީން އެންޑް ޓެކްނޮލޮޖީ އެވެ. މިކަމާއި ގުޅިގެން މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ‘ތިލަދުން’ އަށް ވިދާޅުވީ މިއީ ނުވަލައްކަ ނުވަދިހަ ހަތަރުހާސް ރުފިޔާގެ މަސައްކަތެއް ކަމަށާއި މިކަމުގެ ފަހުމުނާމައިގާ ސޮއި ކުރީ މިއަދު ކަމަށެވެ. އެ މަސައްކަަތަށް އިތުރަށް ބޭނުންވާ ތަކެތި އެއްކުރުމަށް މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށާއި ޕާކުގެ މަސައްކަތް ފަށާ ދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭގަ...

މަކުނުދޫ ކަނބަލުންނަށް ބޭއްވި މަދަހަ މުބާރާތުގެ ޗެމްޕިއަންކަން ހިޔަލައަށް
Thiladhunmathi News

މަކުނުދޫ ކަނބަލުންނަށް ބޭއްވި މަދަހަ މުބާރާތުގެ ޗެމްޕިއަންކަން ހިޔަލައަށް

ހދ. މަކުނުދޫ ކަނބަލުންނަށް ބޭއްވި މަދަހަ މުބާރާތުގެ ޗެމްޕިއަންކަން ހިޔަލަ ހޯދައިފިއެވެ. މިއީ އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ. މި މުބާރާތާއި ބެހޭގޮތުން ޑަބްލިއުޑީސީގެ ރައީސާ ޝާތިއާ މުހައްމަދު ރަޝީދު ‘ތިލަދުން’ އަށް ވިދާޅުވީ މިއީ ވަރަށް ކާމިޔާބު މުބާރާތެއް ކަމަށާއި ފުރިހަމަކަމާއެކު މުބާރާތް ނިންމާލުމުގައި އެހީތެރިވެދެއްވި ހުރިހައި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. ޚާއްސަކޮށް ހިޖްރާ ކާޕެންޓްރީ (ޢަބްދުالله ޒަހީން/...

''މަކުނުދޫ އާއި ބިލެތްފަހީ އެއާޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭ ފެށޭނެ"
Thiladhunmathi News

''މަކުނުދޫ އާއި ބިލެތްފަހީ އެއާޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭ ފެށޭނެ"

ހދ. މަކުނުދޫ އާއި ށ. ބިލެތްފަހި ހިމެނޭހެން އިތުރު ދެރަށެއްގެ އެއަރޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން އިތުރުކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެތެރޭގައި ފަށާނެކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގައެވެ. ރައީސް ވިދާޅުވީ މަކުނުދޫ، ބިލެތްފަހި، ތުޅާދޫ އަދި ވިލުފުށި އެއަރޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރުގެ މެދުތެރޭ ފެށިގެންދާނެ ކަމ...

ތިން ރަށެއްގެ އެއާޕޯޓުގެ ބިން ހިއްކަން ޝައުގުވެރިކަން ފާޅުކޮށްފި
Business

ތިން ރަށެއްގެ އެއާޕޯޓުގެ ބިން ހިއްކަން ޝައުގުވެރިކަން ފާޅުކޮށްފި

ތިން ރަށެއްގެ އެއާޕޯޓު އެޅުމަށް ބިން ހިއްކުމަށް މިހާތަނަށް ބީލަން ލިބިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ. ސަރުކާރުން އެއާޕޯޓު ތަރައްގީ ކުރުމަށް ބިން ހިއްކުމަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ހދ. މަކުނުދޫއާއި، ށ. ބިލެއްފަހިއާއި ބ. ތުޅާދޫ އަދި ތ. ވިލުފުށީގެއެވެ. އެ މިނިސްޓްރީން ބުނީ ލިބިފައިވާ ބީލަންތައް ބަލާ، އެކަށީގެންވާ ކުންފުންޏެއް ހޮވުމަށް ކުރިއަށްގެންދާ އިވަލުއޭޝަންގެ މަސައްކަތް ފިނޭންސް މިނިސްޓްރީ އަދި ޕްލޭނިންގ މިނިސްޓްރީއާއި ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ. ރެސްޓްރިކްޓެޑް...

މަކުނުދޫ ކައުންސިލުން ހިންގާ ދީނީ ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި
Thiladhunmathi News

މަކުނުދޫ ކައުންސިލުން ހިންގާ ދީނީ ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި

ހދ. މަކުނުދޫ ކައުންސިލުން ހިންގާ ދީނީ ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ. އެ ކައުންސިލުން ދިވެހިސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ދީނީ ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ‘’ތިލަދުން’’ އަށް ވިދާޅުވީ މިއީ ރަށުގައި ހުރި ޖަމިއްޔ،ާ ޖަމާއަތްތަކުން ހިންގާ މިފަދަ ހަރަކާތްތައް މަޑުޖެހިފައިވާތީ އާއި ރައްޔިތުންނަށް ބޭނުންވާ ދީނީ މައުލޫމ...

މަކުނުދޫ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފި
Thiladhunmathi News

މަކުނުދޫ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފިއެވެ. މިކަމަށް ފުރުޞަތު ހުޅުވާލައި އެެރަށު ކައުންސިލު އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ، ރަމަޟާން މަހަށް އެރަށު މިސްކިތްތައް އާބާތުރަ ފިލުވުމަށް އެކި ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށެވެ. އެގޮތުން އެރަށު މަސްޖިދުއް ތަގުވާއާއި މަސްޖިދުއް ސިއްދީގު އަދި މަސްޖިދުއް ނޫރު ގެ އާބާތުރަ ފިލުވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފ...

ތިލަދުންމަތީ ހުނަރުވެރިން: މަކުނުދޫ ފަޅުގައި މުރަކައިގެ ބަގީޗާތައް ދިރުވާ އާލާކުރަމުންދާ ތިން ޒުވާނުން
Thiladhunmathi News

ތިލަދުންމަތީ ހުނަރުވެރިން: މަކުނުދޫ ފަޅުގައި މުރަކައިގެ ބަގީޗާތައް ދިރުވާ އާލާކުރަމުންދާ ތިން ޒުވާނުން

ކުޑައިރު، ފީނަން ގޮސް އުޅޭއުޅުމުގައި ފެނިފައިހުރި މުރަކައިގެ ރީތި ބަގީޗާތައް މިހާރު އެޒުވާނުންނަށް ފެންނަނީ ދިރުމެއްނެތް ތަނެއްގެ ގޮތުގައެވެ. އޭރު ފެނުނު ބޮޑެތި ގާތަކުގައި ހުރި، ރީތި ޗާލު މުރަކަތައް މިހާރު ހުރީ މަރުވެ، ފުނޑުފުނޑުވެފައެވެ. ގާތަކުގައި ހުރި، ކުލަކުލައިގެ ތަފާތުވައްތަރުގެ މުރަކަތައް ނެތްކަމީ، އެޒުވާނުން މާޔޫސްވެ، މިކަމާއިމެދު ވިސްނަން މަޖުބޫރުކުރިވި ކަމެކެވެ. ގާތަކުގެ ވަށައިގެންހުރި، މުރަކަތަކުގެ ތެރޭގައި އޭރު ދުވެލަ ދުވެލާ އުޅު ކުދި ރީތި މަސްތައް، މިހާރަކު ނޫޅެއެވެ. ޤުދުރަތުން ދެއް...

އެންމެންގެ ސަމާލުކަން "މަކުނުދޫ ޝަވަން" ހޯދިއިރު، ފައެއް ޖެހޭނެ ކަމުގެ ޔަޤީންކަން
Thiladhunmathi News

އެންމެންގެ ސަމާލުކަން "މަކުނުދޫ ޝަވަން" ހޯދިއިރު، ފައެއް ޖެހޭނެ ކަމުގެ ޔަޤީންކަން

ހދ. މަކުނުދޫ، އަހުމަދު ޝަވަން މުހައްމަދަކީ އެރަށު ސްކޫލުގެ ގްރޭޑް 1 ގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރެކެވެ. އުފެދުމުގައި ވެސް އެއްފައި ނެތް، މި ކުޑަކުޑަ ޝަވަން އަންނަނީ ދިރިއުޅުމުގެ މައިދާނުގައި އަޒުމް ވަރުގަދަ، ކެރޭ އަދި މުޖުތަމައަށް އޭނާގެ ފަރާތުން ވެސް މަންފާއެއް ލިބޭނެކަން އަމަލާއި ބަހުން ދައްކަމުން ނެވެ. އޭނާ އެ އަންނަނީ ކުޅިވަރުކުޅޭ ކުދިންނާއި މީހުންނަށް ނަމޫނާ ދައްކަމުން ނެވެ. ސްކޫލާއި ގޭތެރޭގަ އެވެ. އަދި ކުޅިވަރުގެ މައިދާނުގައި ވެސް މެއެވެ. […]