ތިން ރަށެއްގެ އެއާޕޯޓު އެޅުމަށް ބިން ހިއްކުމަށް މިހާތަނަށް ބީލަން ލިބިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުން އެއާޕޯޓު ތަރައްގީ ކުރުމަށް ބިން ހިއްކުމަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ހދ. މަކުނުދޫއާއި، ށ. ބިލެއްފަހިއާއި ބ. ތުޅާދޫ އަދި ތ. ވިލުފުށީގެއެވެ.

Ad
rt

އެ މިނިސްޓްރީން ބުނީ ލިބިފައިވާ ބީލަންތައް ބަލާ، އެކަށީގެންވާ ކުންފުންޏެއް ހޮވުމަށް ކުރިއަށްގެންދާ އިވަލުއޭޝަންގެ މަސައްކަތް ފިނޭންސް މިނިސްޓްރީ އަދި ޕްލޭނިންގ މިނިސްޓްރީއާއި ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ.

ރެސްޓްރިކްޓެޑް ޓެންޑަރިންއަށް ކުރިއަށްގެންދިޔަ މި ބީލަމުގައި، ބީލަން ހުށައެޅޭނީ ކަނޑައެޅޭ ވަކި މިންގަނޑަކަށް ވަކި އަދަދެއްގެ ކުންފުންޏަކަށެވެ.

ބީލަމަށް ހުޅުވާލާފައިވާ މި 4 އެއާޕޯޓާއެކު ޖުމްލަ 8 އެއަރޕޯޓް މުޅިން އަލަށް ސަރުކާރުން އަންނަނީ ތަރައްޤީކުރަމުންނެވެ. މީގެ ތެރޭގައި ގދ. ފަރެސްމާތޮޑާއާއި މ. މުލީ އާއި ފ. މަގޫދޫ އަދި ރ. އަލިފުށީ އެއާޕޯޓު ހިމެނެއެވެ.