ހދ. މަކުނުދޫ ކައުންސިލުން ހިންގާ ދީނީ ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އެ ކައުންސިލުން ދިވެހިސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ދީނީ ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ‘’ތިލަދުން’’ އަށް ވިދާޅުވީ މިއީ ރަށުގައި ހުރި ޖަމިއްޔ،ާ ޖަމާއަތްތަކުން ހިންގާ މިފަދަ ހަރަކާތްތައް މަޑުޖެހިފައިވާތީ އާއި ރައްޔިތުންނަށް ބޭނުންވާ ދީނީ މައުލޫމާތު ފޯރުކޮށްދިނުމަކީ ކައުންސިލުން ވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކޭތީ ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން ހުރިހައި ކަމެއް ކުރާނީ ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތުން ކަމަށެވެ.

"ދަރުސް ދިނުމާ ރަމަޟާން މަހަށް ހާފިޟުން ގެނައުމާ އަހަރުގެ ކޮންމެ ކްއާޓަަރއެއްގައި ރަށުގަ ބޮޑު ދަރުހެއް ބޭއްވުމަށް ވަނީ ނިންމާފަ." އައުޒަމް ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުން އޮންނާނީ މި ޖެނުއަރީ މަހުގެ 29 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައި ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ފެބްރުއަރީ 1 ވަނަ ދުވަހުގެ 00.00 ކުރިން ކައުންސިލްގެ މެއިލް procurement@makunudhoo.gov.mv އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު، އެ ކައުންސިލުގެ ޕްރޮކިއުމެންޓް ޔުނިޓުން ލިބޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މައުލޫމާތު ކަރުދާހުގައިވާ މައުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މައުލޫމާތު ހޯދުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް މަކުނުދޫ ކައުންސިލުން ބުނެއެވެ.