ހދ. މަކުނުދޫ ގެއެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް "ތިލަދުން" އަށް ވިދާޅުވީ، އެ ގޭގައި އަލިފާން ރޯވީ މިރޭ 8 ޖަހާކަށްހާއިރު ކަމަށެވެ.

Ad
rt

ހަތަރު ވަރަކަށް މީހުން އެ ގޭގައި ދިރިއުޅެއެވެ. އެ އެންމެން ވެސް ރައްކާތެރިކަމާއެކު އެހެން ގެއަކަށް ބަދަލުކޮށްފައިވާ ކަމަށް އައުޒަމް ވިދާޅުވިއެވެ.

ތިން ކޮޓަރީގެ އެ ގޭގައި ރޯވި އަލިފާނުގެ 70 އިންސައްތަ މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު، އަލިފާން ނިވުމުގެ މަސައްކަތުގައި މަކުނުދޫގެ މުއައްސަސާތަކާއި ރައްޔިތުންނާއި އެރަށުގައި ނަރުދަމާ އެޅުމުގެ މަސައްކަތަށް ގޮސްތިބި މީހުން ދަނީ ބައިވެރިވަމުންނެވެ.

"ބެލެވެނީ ފުރަތަމަ އަލިފާން ރޯވީ އެ ގެއާއި އިންވެގެން ހުންނަ ފިހާރާގައިކަމަށް،" އައުޒަމް ވިދާޅުވިއެވެ.

އެ ގޭގައި ރޯވި އަލިފާން ނިއްވާލުމަށް އެހީތެރިވުމަށް ކުޅުދުއްފުށީގައި ތިއްބަވާ ސިފައިން މިހާރު އެރަށަށް ދަތުރު ކުރަމުން އަންނަ ކަމަށް ވެސް އައުޒަމް ވިދާޅުވިއެވެ.