ތިލަދުންމަތީ ޚަބަރު އޭޕްރިލުން ފެށިގެން މޯލްޑިވިއަނުން ހޯރަފުއްޓަށް ހަފުތާއަކު 4 ދަތުރު މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ގައުމީ އެއާލައިން، މޯލްޑިވިއަނުން ހއ. ހޯރަފުއްޓަށް ހަފުތާގެ ހަތަރު ދުވަހު، ދަތުރުކުރާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ. މޯލްޑިވިއަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭޕްރީލް މަހުން ފެށިގެން އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު، ހޯރަފުއްޓަށް ފުލައިޓުތައް ބާއްވާނެ ކަމަށެވެ. އޭޕްރިލް އމަހުން ފެށިގެން ބަދަލު ގެންނައިރު މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުތައް ބާއްވާނީ މިހާރު ޝެޑިއުލްކޮށްފައިވާ ގޮތަށް ކަމަށް ވެސް އެ ކުންފުނިން […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
މަޖިލިސް ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ ޖަލްސާއެއް އަންނަ އާދީއްތާގައި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ޚާއްޞަ ޖަލްސާއެއް ބާއްވަން އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ. މި ޖަލްސާއަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންތަކެއް ދައުރުން ބޭރުގައި މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް ބާއްވައިދިނުމަށް ހުށަހެޅުމުން ބާއްވާ ޖަލްސާއެކެވެ. ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައިދިނުމަށް އެދި ހުށަހަޅީ 38 މެމްބަރުންގެ ސޮޔާ އެކު އެވެ. މިއީ މުޅިން ވެސް މި ދެ ޕާޓީގެ މެންބަރުންކަން އިނގިފަވެއެވެ. މި ޖަލްސާ ބާއްވަން ނިންމައި، ޖަލްސާ 28... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ބިލްބާއޯ އަތުން ބަލިވެ ބާސާ ކަޓައިފި ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ކުއާޓާ ފައިނަލުގައި ރޭ އެތުލެޓިކް ބިލްބާއޯ އަތުން ބަލިވެ ބާސެލޯނާ ކަޓައިފިއެވެ. ރޭ ބިލްބާއޯގެ ދަނޑުގައި ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ބިލްބާއޯއިން މެޗު ކާމިޔާބުކުރީ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި ޖެހި ލަނޑުތަކުން ކުރި (4-2) ހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ މިނެޓުގައި ބިލްބާއޯއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ޖަހައިދިނީ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން؟ (27) ކުރީގެ ޢަދަދާ ގުޅޭ މުއާޒަށް އިވޭވަރަށް ކަފީލާ އެހެން ބުނުމާއެކު ޒާރާއަކަށް މަޑަކުން ނުހުރެވުނެވެ. ހިތްހަމަ ނުޖެހޭ ގޮތަކަށް ކަފީލާގެ މޫނަށް ބަލައިލުމަށްފަހު ޖުމާގެ ކޮޓަރިއާ ދިމާލަށް އޭނާ ހިނގައިގަތީ މުއާޒަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. ޒާރާ ވަތްއިރު ދަބަހަށް އެއްޗެހި އަޅައިގެން ޖުމާ އިނީ އެނދުމަތީއެވެ. ލިބުނު ހައިރާންކަމުގެ ބޮޑުކަމުން ޒާރާއަށް އިރުކޮޅަކު ހުރެވުނީއެވެ. ޒާރާ ފެނުމާއެކު ޖުމާ ކޮޅަށް ތެދުވިއެވެ. އޭރު އޭނާގެ ދެލޯހުރީ ރޮއިރޮއި ދުޅަވެފައެވެ. މޫނުމަތިވަނީ މިލާމޯޅިވެފައެވެ. އަދި އިތުރަ... ސަލާމާ ޢަބްދުލް ޢަލީމް · 2 އަހަރު ކުރިން
ރާއްޖެ އަމިއްލަ ޚަރަދުގައި ހުޅުމާލޭގައި ދެ މިސްކިތެއް އަޅަން ހަވާލުވެއްޖެ އަމިއްލަ ޚަރަދުގައި ހުޅުމާލޭގައި ދެ މިސްކިތެއް އަޅަން ދެ ފަރާތަކާއި އިއްޔެ ހަވާލުކޮށްފި އެވެ. އިސްލާމީ މަރުކަޒު ހޯލުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މި މިސްކިތްތައް އަޅަން ހަވާލުކޮށްފައި ވަނީ އަލީމް ފައުންޑޭޝަނާއި، ލީޒާ މޯލްޑިވްސް އާ އެވެ. މި ދެ ފަރާތުން ވެސް އެ ހުޅުމާލޭގައި މި ދެ މިސްކިތް ބިނާކޮށްދޭނީ އެ ފަރާތްތަކުގެ އަމިއްލަ ޚަރަދުގައެވެ. މީގެ އިތުރުން އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން އިއްޔެ ވަނީ މާލޭގެ ޒިކުރާ މިސްކިތް އަލުން ބިނާކުރުމަށް އެސްޖ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ ދަނޑުބިން ތަކުގައި ކުނި ނޭންދުމަށް އަންގައިފި ހދ. ހަނިމާދޫގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ދަނޑުބިންތަކުގައި ކުނި ނޭންދުމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ. ކައުންސިލުން ބުނީ މިހާރު ދޫކުރެވިފައިވާ ދަނޑުބިންތައް ލިބިފައިވާ ފަރާތްތަކުން ދަނޑުބިންތަކުގައި ވަރަށް ގިނަ އަދަދަކަށް ކުނިއަންދަމުން ދާތީ އަރާ ދުމުގެ ސަބަބުން އެ ރަށު ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްފައިތިބޭ ހާލުބޮޑު ބަލިމީހުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ. މީގެ އިތުރުން މުޅި އެ ސަރަހައްދަށް ދުން ފެތުރުމުގެ ސަބަބުން އާންމުކޮށް ހުރިހާ ފަރާތްތަކަށް އެކަމުގެ އުނދަގޫ ތަހަންމ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ކަނޑިންމަ ރިސޯޓު ފުއްޓަރު ސަރަހައްދުން ކިނބުލެއް ހިފައިފި ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުގެ ފުއްޓަރު ސަރަހައްދުން ފެނުނު ކިނބުލެއް ހިފައިފައިވާ ކަމަށް ސިފައިން ބުނެފިއެވެ. ސިފައިންގެ އިދާރާއިން ބުނި ގޮތުގައި ދ. އަތޮޅުން ކިނބުލެއް ފެނިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހަރަކާަތްތެރިވެ އެ ކިނބޫ ވަނީ ހިފާފައެވެ. ދިގު މިނުގައި 9 ފޫޓް ހުރި އެ ކިނބޫ ފެނިފައި ވަނީ ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުގެ ފުއްޓަރު ސަރަހައްދުންނެވެ. މިސޮރު ފެނިގެން އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މިއުޅެނީ ކައިވެންޏެއް ކުރާކަށް ނޫން، މަޖިލިސް ގޮނޑިތައް ހޯދަން އެއްކޮށް ދިއުމުގެ ވިސްނުމެއްނެތް: ފަޔާ އަންނަ 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރުމުގެ ވިސްނުމެއް ނެތްކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް (ފަޔާ) މިއަދު ވިދާޅުވެއްޖެއެވެ. ފަޔާ މިހެން ވިދާޅުވީ، މި ދެ ޕާޓީން މިއަދު ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފަޔާ ވިދާޅުވީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ދެމެދުގައި އަދިވެސް ހިޔާލުތަފާތުވުންތައް އެބަހުއ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މަޖިލީހުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަނީ ރައްޔިތުންގެ މަޖިލީހުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައިވާކަން އެ ދެ ޕާޓީން މިއަދު ހާމަކޮށްފިއެވެ. މިކަން ހާމަކުރީ މި ދެ ޕާޓީން މިއަދު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް (ފަޔާ) ވިދާޅުވީ މި ސަރުކާރުގެ އަމަލުތަކާ މެދު ވަރަށް ބޮޑެތި ކަންބޮޑުވުންތައް މިހާރު އެބަހުރި ކަމަށާއި، މި ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުސޫލު އިސްލާހްކޮށް ވައިކަރަދޫން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި ހދ. ވައިކަރަދޫ އިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު އިސްލާހްކޮށް އެރަށުން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި ވައިކަރަދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާންގައި ބުނެފައިވާގޮތުން އެރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކައުންސިލުން އެކަށައަޅާ ފާސްކޮށް، 31 ޑިސެންބަރު 2023 ގައި ގެޒެޓް ކުރި “ހދ. ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު” ވަނީ އެ ކައުންސިލުން މިހާރު އިސްލާޙްކޮށްފައެވެ. މިގޮތުން 23 ޖަނަވަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މުސްއަބަށް 1.1 މިލިއަން ދޭން ކުރި ހުކުމް ބާތިލްކޮށްފި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކެޓްރީ ވަޒީފާއިން ވަކިކުރި މައްސަލާގައި ބަދަލުގެ ގޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ އޭނާއަށް ދޭން އަންގާފައިވާ ބައި ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބެލި މައްސަލަތަކަކާ ގުޅިގެން 2019 ވަނަ އަހަރު މުސްއަބު ވަޒީފާއިން ވަކިކުރި މައްސަލާގައި ހައި ކޯޓުން ވަނީ އޭނާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށްވާތީ ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށެވެ. އެ […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ވިޔަފާރި މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެޒ އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 53 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިއްޖެ. އަދި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ދައުލަތުން ކުރީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި މައްސަލައިގަ އެވެ. އެ މައްސަލާގައި [... ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ އެސްޖޭގެ ޚަރަދުގައި ޒިކުރާ މިސްކިތް ތިންބުރިއަށް ބިނާކުރުމަށް ހަވާލުވެއްޖެ ޒިކުރާ މިސްކިތް އަލުން ބިނާކުރުމަށް، އެސްޖޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފި އެވެ. އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މި މަސައްކަތް އެސްޖޭއާ ހަވާލުކޮށްފައި ވަނީ އެ ކުންފުނީގެ ޚަރަދުގައި އެ މިސްކިތް އަލުން ތިން ބުރިއަށް ބިނާ ކުރުމަށެވެ. މިކަމަށް މިއަދު ބޭއްވި ރަސްމިއޔާތުގައި މިކަމުގެ އެއްބަސްވުމުގައި އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކޮށްފައިވަނީ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އެސްޖޭގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ.... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް އިންތިހާބުތައް ރޯދަ މަހު ބޭއްވުން ހުއްޓުވަން ގާނޫނަށް އިސްލާހު ހުށަހަޅައިފި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ރޯދަ މަސް ތެރެއަށް ވަންނާތީ އާއި އިންތިހާބުތައް ރޯދަ މަސްތެރޭގައި ބޭއްވުން ހުއްޓުވުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް އިސްލާހު ހުށަހަޅައިފިއެވެ. އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ގާނޫނުގެ 43 ވަނަ މާއްދާ އަށް ވަނީ އަކުރުތަކެއް އިތުރުކުރަން ހުށަހަޅައިފައެވެ. އޭގައިވާ ގޮތުން ރޯދަ މަސްތަކުގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެއެވެ. ރޯދަ މ... މުޙައްމަދު · 2 އަހަރު ކުރިން