ރާއްޖެ މުހައްމާގެ މައްޗަށް ނަސީރު ކުރި ހޯދައި ޓިކެޓް ކަށަވަރުކޮށްފި މިއަދު ކުރިއަށް ދިޔަ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި، އެ އިއްތިހާދުގެ ހއ. އިހަވަންދޫ ދާއިރާގެ ޓިކެޓް އަހްމަދު ނަސީރު ކާމިޔާބުކޮށްފިއެވެ. ނަސީރު (ރަށްމެދުގެ/އިހަވަންދޫ) ޓިކެޓް ކަށަވަރުކުރީ އެ ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި މަޝްހޫރު ފިލްމީ ފަންނާނު، މުހައްމަދު އަބުދުﷲ (މުހައްމާ)، އުސްހަކުރުގެ/އިހަވަންދޫ) އަދި ހާޝިމް މުހައްމަދު، (ހަވީރީގެ/އިހަވަންދޫ)ގެ މައްޗަށް މިއަދުގެ ޕްރައިމަރީގައި ކުރި ހޯދައިގެންނެވެ. ހއ.ގެ އެހެން ދާއިރާތަކަށް ބަލާއިރު، ކެލ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ދޯންޏެއް އަޑިއަށް ގޮސް ބަޔަކު ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި ދަތުރު ކުރަމުންދިޔަ ދޯންޏެއް އަޑިއަށް ދިޔުމުގެ ސަބަބުބް ކަނޑުވި ތިން މީހަކު ސަލާމަތްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިހުން މިރޭ ބުނީ އަރިއަތޮޅާއި 19 މޭލު ބޭރުން ދަތުރުކުރަމުންދިޔަ ދޯންޏެއް މިއަދު އަޑިއަށް ގޮސްފައިވާ ކަމަށެވެ. އެ ދޯނި އަޑިއަށް ދިޔުމުން އޭގައި ތިބި ތިން މީހުން ކަނޑުވެފައިތިއްބާ އެ ސަރަހައްދުން ދަތުރުކުރި ފިއުލް ސަޕްލައިގެ އުޅަނދަކަށް އެމީހުން ފެނިގެން ވަނީ ސަލާމަތްކޮށްފައިކަމަށް މެރިން ޕޮލިހުން ބުނެއެވެ. އެ މީހުން ސަލާމަތްކޮށްގެން މިހާރު މާލެ ގެނެސްފައިވާއިރު، މި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޑޮކްޓަރަށް ދައްކަން މާލެ އައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ ޑޮކްޓަރަށް ދައްކަން މާލެ އައި މީހަކު ޚަބަރެއް ނުވެގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން މިރޭ ބުނީ މާލެ އަށް ޑޮކްޓަރަށް ދައްކަން އައިސްހުރި މީހެއްގެ ޚަބަރެއް ނުވެގެން މިރޭ 20:50 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ރިޕޯޓާއި ގުޅިގެން އެމީހާ މާލޭގައި ހުންނަ ގެއަށް ފުލުހުން މިރޭ ވަނީ ގޮސްފައެވެ. އަދި އެމީހާ ހުންނަ ކޮޓަރިއަށް ފުލުހުން ވަދެ ބެލިއިރު އެމީހާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން ބުނެއެވެ. އެމީހާ އަކީ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ލަތީބެ، މުހައްމަދު، ފަރުހަތު، އެޑަމް އަދި ހަސަނާގެ އިތުރުން ބައެއް ބޭފުޅުން ޓިކެޓް ކަށަވަރުކޮށްފި ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ މިއަދު ބާއްވާފައިވާއިރު، އެ ޕްރައިމަރީގައި ވާދަކުރި ބޮޑުތިލަދުންމަތީގެ ބައެއް ދާއިރާތަކަށް ވާދަކުރެއްވި ބައެއް ބޭފުޅުންނަށް ޓިކެޓް ކަށަވަރުވެއްޖެއެވެ. މިގޮތުން ހދ. ދިއްދޫ ދާއިރާގެ ޓިކެޓް ކަށަވަރުވެފައި ވަނީ އެ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ)، ފުނަމާގެ/ހއ.ދިއްދޫ އަށެވެ. ލަތީބެއާ ވާދަކުރީ ހުސައިން ރަޝީދު، ދަފުތަރު:6629/މާލެ އެވެ. ހދ. ކުޅުދުއްފުށީ ސިޓީގެ ދެ ދާއިރާކުރެން ކުޅުދުއްފުށީ އުތުރު ދާއިރާ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ، އަމާޒަކީ މަދުވެގެން 62 ގޮނޑި: ރައީސް ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ސަރުކާރުގެ އޮތީ ހެޔޮ ނިޔަތްކަމަށާއި، ވައުދުތައް ފުއްދުމާއެކު ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ދެމެހެއްޓޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ލީޑްކުރައްވާ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ މިއަދު ކުރިއަށް ދިޔަ ވަގުތު އެތަން ބައްލަވައިލައްވަން ވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ސ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ނަޝީދު އާ ޒަވާޖީހަޔާތެއް ފައްޓަވައިފިކަމުގެ އަޑުތަކެއް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާ ޒަވާޖީ ހަޔާތެއް ފައްޓަވާފައިވާކަމަށް އަޑުތައް ފެތުރިއްޖެއެވެ. ނަޝީދު އާ ކައިވެންޏެއް ކުރައްވާފައިވާކަމަށް މީސްމީޑިއާގެ އިތުރުން ބައެއް ނޫސްތަކުގައި ވެސް ވަނީ ރިޕޯޓުކޮށްފައެވެ. ނަޝީދު ކައިވެނި ބައްލަވައިގަތީ ދީނީ އިލްމުވެރިޔާ ޝައިހު ރުޝްދީއަށް ކާފަ ވިދާޅުވާ ޔުމްނާ ރުޝްދީ ކިޔާ ބޭފުޅަކާއި ކަމަށް ވެސް ވަނީ އަޑު ފެތުރިފައެވެ. އެމްޑީޕީގެ ޗެއާޕާސަންކަމާއި، ރައީސްކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްގެ މަގާމު ފުރުއްވި ނަޝީދުގެ އާ ކައިވެނި ހަފުލާ އޮތީ އަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި މަޓާޓޯގެ ސީއީއޯއަކަށް ސޫޒަން ޓްރެވަލް އެޖެންޓުންގެ ގައުމީ ޖަމްއިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ކަމުގެ މަގާމަށް އާމިނަތު ސޫޒަން މިއަދު ހަމަޖައްސައިފި އެވެ. ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުންނެވި ސޫޒަން އަކީ، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑް މެންބަރެވެ. މީގެ އިތުރުން އޭނާ އަކީ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުވާ ދެމީހަކު ހަނިމާދޫން ހައްޔަރުކޮށްފި މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުވާ ދެމީހަކު ހދ. ހަނިމާދޫން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން މި ހިނގާ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެރަށު ގެއެއްބަލައިފާސްކޮށް 38 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ވެސް […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޕީއެންސީ/ޕީޕީއެމް މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދު)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ. މި ޕްރައިމަރީގައި ވޯޓުލާން ފަށާފައި ވަނީ ހެނދުނު 10:00 ގައެވެ. އަދި ވޯޓުލުން ހަވީރު 5:00 ގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މި ޕްރައިމަރީގައި އެ އިއްތިހާދުގެ ދެ ޕާޓީއަށް ނިސްބަތްވާ ޖުމްލަ 71،597 މެންބަރަކަށް ވޯޓުލުމުގެ ހައްގު […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު މި ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗުކަމުން ކްލޮޕް ވަކިވާން ނިންމައިފި އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރެއްކަމަށްވާ ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް މި ސީޒަނަށް ފަހު އެ ޓީމްގެ ކޯޗުކަމުން ވަކިވާން ނިންމައިފިއެވެ. އުމުރުން 56 އަހަރުގެ ކްލޮޕް ލިވަޕޫލްގެ ކޯޗުކަމާއި ހަވާލުވެފައި ވަނީ 2015 ވަނަ އަހަރު، ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑުގެ ކޯޗުގެ މަގާމް ދޫކޮށްލުމަށް ފަހުއެވެ. މިހާރު އޭނާ ލިވަޕޫލާއިއެކު ހަދާފައިވާ އެއްބަސްވުނަ ހަމަވާނީ 2026 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށެވެ. ކްލޮޕް ބުނީ މި ނިންމުން މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ނިންމައި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ ރަމްޒުކޮށްދޭނެ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ރަމްޒުކޮށްދޭ މޮނިއުމެންޓް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މިކަމަށް ބީލަށް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ކުރިން އެ ކައުންސިލަށް ގުޅައިގެން (65000256) ނުވަތަ މެއިލް ކޮށްގެން (procurement@ihavandhoo.gov.mv) ބީލަމުގައި ރަޖިސްޓަރީވާން ޖެހެއެވެ. މި މަސައްކަތާއި ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވަން ބޭނުންވާ ފަރާތްތަކުން ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ކުރިން މެއިލް ކުރުމަށް އެ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އިސްރާއީލުން ހިންގާ ނަސްލުނައްތާލުމުގެ ޢަމަލުތައް ހުއްޓައިލުމަށް ބައިނަލްއަގްވާމީ ކޯޓުން އަމުރުކޮށްފި އިސްރާއީލުން ޣާއްޒާގަައި ހިންގަމުންދާ ނަސްލުނައްތާލުމުގެ ޢަމަލުތައް ވަގުތުން ހުއްޓައިލުމަށް ބައިނަލްއަގްވާމީ އިންސާފާބެހޭ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފި އެވެ. އިސްރާއީލުން، ފަލަސްތީނުގެ ޣާއްޒާގައި ހިންގަމުން ގެންދަނީ ގަތުލުއާންމެއް (ޖެނޮސައިޑެއް) ކަމަށް ކަނޑައަޅައިދިނުމަށާއި، އެ އަމަލުތައް ހުއްޓައިލުމަށް އަމުރުކޮށް، އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދޭން އަމުރުކޮށް ދިނުމަށް އެދި ބައިނަލްއަގްވާމީ ކޯޓަށް މައްސަލަ ހުށ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވާދަވެރިކަމެއްނެތި ތަކަންދޫ ކައުންސިލް ގޮނޑި ޕީއެންސީ އަށް ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރަކު އިންތިޚާބު ކުރަން ބާއްވަން ނިންމި ބައި-އިލެކްޝަނަށް އެންމެ ކެންޑިޑޭޓެއް ކުރިމަތިލުމުން އެ ގޮނޑި އޭނާ އަށް ކަށަވަރުވެއްޖެއެވެ. މި ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް އެކަމަށް ހުޅުވާލި ފުރުސަތުގައި އެ ގޮނޑިއަށް ކުރިމަތިލީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓު އެރަށު ޑޭޒީމާގެ، ފަހީމާ މުހައްމަދު އެކަންޏެވެ. އެހެންކަމުން ތަކަންދޫ ކައުން... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ބޭރުގެ ދެ މަސްބޯޓު އަތުލައިގެންފި ގަވާއިދާއި ޚިލާފަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ބޭރުގެ ދެ މަސްބޯޓު އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ބުނީ، ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށްބެލެވޭ ބޭރުގެ ދެ މަސް ބޯޓެއް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ ބޯޓުތަކެއްކަމެއް ވެސް އިތުރު ތަފްސީލެއް ވެސް އަދި ނުދެއެވެ. ބޭރުގެ މަސްބޯޓުތައް ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން މަސްވެރިކަނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޕީއެންސީ/ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ހެނދުނު 10 އިން ހަވީރު 5 އަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދު)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ މާދަމާ ބާއްވަން ނިންމާފައިވާއިރު އެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދާނީ ހެނދުނު 10 އިން ހަވީރު 5 އަށް ކަމަށް އެ އިއްތިހާދުން ބުނެފިއެވެ. ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުން މިއަދު ބުނީ މި ޕްރައިމަރީގައި އެ އިއްތިހާދުގެ ދެ ޕާޓީއަށް ނިސްބަތްވާ ޖުމްލަ 71،597 މެންބަރަކަށް ވޯޓުލުމުގެ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން