ރާއްޖެ އިސްލާމިކް މިނިސްޓަރުކަމަށް ޝަހީމް ޢައްޔަނުކުރައްވައިފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަލުން ޢައްޔަނު ކުރައްވައިފިއެވެ. އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން އެ ވުޒާރާގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވާގޮތުގައި، އެ ވުޒާރާގެ ވަޒީރުކަމަށް ރައީސް މުޢިއްޒު ވަނީ ޝަހީމް ޢައްޔަނު ކުރައްވާފައެވެ. ޝަހީމް އަލުން އެމަގާމަށް ޢައްޔަނުކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުން މިއަދު ޝަހީމަށް ރުހުން ނުދިނުމުންނެވެ. ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ޝަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މަންޑޭގެ މައްސަލަ: "ދަރިފުޅު ބުއްފުޅި އާއި ތަންމަތި ވެސް ފުލުހުން ވަނީ ގެންގޮސްފައި" ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކި މައްސަލައިގައި ތުހުމަތުކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ގެ އެޕާޓްމެންޓާއި މުދާތައް ފުލުހުން އަތުލިއިރު ދަރިފުޅުގެ ބުއްފުޅިއަށް ދާންދެން އަތުލާފައިވާ ކަމަށް އޭނާގެ ވަކީލް ހައި ކޯޓުގައި ވިދާޅުވެއްޖެ އެވެ. ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭ ޕާކްގެ ފްލެޓްތައް ތަރައްގީކުރާ ހަންބޯ ކުންފުންޏަށް ނޭނގި ގިނަ ބަޔަކަށް ފްލެޓް ވިއްކި ކަމުގެ ތުހުމަތުގައި، މަންޑޭ ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމެންޓާއި އަގުބޮޑު ތަކެތި ވެސް ކޯޓު އަމުރެއްގެ ދަށުން މިދިޔަ ނޮވެމްބަރު މަހު […... ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަން އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ނިންމައިފިއެވެ. ރައީސްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް) އިން ފާސްކޮށްފައި ވަނީ އެ ގްރޫޕްގެ ހުރިހާ މެންބަރުންގެ އިއްތިފާޤުންކަމަށް މައުލޫމާތު ލިބެއެވެ. މިކަމާބެހޭ އެމްޑީޕީގެ ރަސްމީ ބަހެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީ މެންބަރަކު އެކަން ވަނީ ”ތިލަދުން” އަށް ޔަގީންކޮށްދީފައެވެ. އަދި އެ މައްސަލަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް ތޯރިގް، އަމީން، ނަސީރު، މާރިޔާ، މުއްތޮލިބު، ރަމީލާ، ވަހީދު އަދި އާދަމް ޝަރީފަށް ވެސް ރުހުންދިން އިތުރު އަށް ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މި ބޭފުޅުންނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާގައެވެ. މިގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވަޒީރު ތޯރިގު އިބްރާހިމް އަށް ރުހުން އޮތްކަމަށް ފާސްވީ 69 ވޯޓުންނެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުހަންމަދު އަމީނަށް ރުހުން އޮތްކަމަށް ފާސްވީ 67 ވޯޓުންނެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް އުޝާމް، ޝަހީމް އަދި ހައިދަރަށް ރުހުން ނުދޭން ފާސްކޮށްފި ބަންޑާރަނައިބުގެ އިތުރުން ދެ ވަޒީރަކަށް ރުހުން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިގޮތަށް ފާސްކުރީ މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައެވެ. މިގޮތުން ބަންޑާރަނައިބު އަހްމަދު އުޝާމަށް ރުހުން ނެތްކަމަށް 4 މެންބަރަކު ވޯޓު ދެއްވިއިރު، ރުހުން އޮތްކަމަށް ވޯޓު ދެއްވީ 24 މެންބަރެކެވެ. މީގެ އިތުރުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސައީދު އަށް ރުހުން އޮތްކަމަށް 31 ވޯޓު ބޭނުންވާއިރު، ރުހުން އޮތްކަމަށް ވޯޓު ދެއްވީ 30 މެންބަރުންނެވެ. ދެކޮޅަށް […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް ޝަފީޤު، ޝަފީޢު، ޚަލީލު، ސައީދު، ޝިޔާމް، ފައިސަލް، އައިޝަތު ޝިހާމް އަދި ރާފިއު އަށް ރުހުން ދީފި އިތުރު އަށް ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މި ބޭފުޅުންނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައެވެ. މިގޮތުން މާލީ ވަޒީރު މުހަންމަދު ޝަފީގަށް ރުހުން އޮތްކަމަށް 70 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި ތައުލީމާބެހޭ ވަޒީރު އިސްމާޢީލް ޝަފީޢު އަށް ރުހުން ލިބުނީ 55 ވޯޓުންނެވެ. ޝަފީޢުއަށް ރުހުން ނުދޭން 9 މެންބަރަކު ވޯޓު ދެއްވިއެވެ. ސިއްހަތާބެހޭ ވަޒީރު ޢަބުދުﷲ ޚަލީލަށް 69 ވޯޓާއެކު ރުހުން އޮތްކަމަށް ފާސްވިއިރު، […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް އިހްސާނަށް ވެސް މަޖިލީހުން ރުހުން ދީފި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު އަލީ އިހްސާނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި ވަޒީރުންނަށް ރުހުންދިނުމުގެ ބަޔަށް މިހާރު ދަނީ ވޯޓަށް އަހަމުންނެވެ. މި ވޯޓުގައި އިހްސާނަށް ރުހުން އޮތްކަމަށް 68 މެންބަރަކު ވޯޓު ދެެއްވިއެވެ. އަދި ރުހުން ދޭން ނުފެންނަ ކަމަށް އެއް މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އިހުސާނަށް ރުހުން އޮތްތޯ ބަލަން ވޯޓު ނެގި ވަގުތު ތަޅުމުގައި 72 މެންބަރަކު ތިއްބެވިއެވެ. އިހުސާނަށް […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް 70 މެންބަރުންގެ ވޯޓާއެކު ޒަމީރަށް ރުހުން ދީފި ޚާރިޖީ ވަޒީރު މޫސާ ޒަމީރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި ވަޒީރުންނަށް ރުހުންދިނުމުގެ ބަޔަށް މިހާރު ވޯޓަށް އަހަމުންދާއިރު ޣައްސާނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ 70 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ މިހާރު ޖުމްލަ މެންބަރުންގެ އަދަދަކީ 80 އެވެ. ޚާރިޖީ ވަޒީރު ޒަމީރަށް ރުހުން އޮތްތޯ ބަލަން ވޯޓު ނެގި ވަގުތު ތަޅުމުގައި 72 މެންބަރަކު ތިއްބެވިއެވެ. މޫސާ ޒަމީރަށް ރުހުން ނެތްކަމަކަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. އަދި […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް ޣައްސާނަށް ރުހުން ދީފި ދިފާޢީ ވަޒީރު މުހައްމަދު ޣައްސާނު މައުމޫނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި ވަޒީރުންނަށް ރުހުންދިނުމުގެ ބަޔަށް މިހާރު ވޯޓަށް އަހަމުންދާއިރު ޣައްސާނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ 71 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ މިހާރު ޖުމްލަ މެންބަރުންގެ އަދަދަކީ 80 އެވެ. ޣައްސާނުގެ ވޯޓު ނެގި ވަގުތު ތަޅުމުގައި 72 މެންބަރަކު ތިއްބެވިއެވެ. މި ވޯޓުގައި ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. ޣައްސާނަށް ރުހުން ދޭން ބޭނުންވާ ވޯޓ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ހޯރަފުށީ ޑަބްލިއުޑީސީގެ ކަނބާފާނު އެވޯޑަށް ކުރިމަތިލާން ފުޅުވާލައިފި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން މި އަހަރުގެ އަންހެނުންގެ ދުވަހަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ “ކަނބާފާނު އެވޯޑް” އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އެވޯޑަކީ ތަފާތު ދާއިރާތަކުން އެ ރަށަށް ފާހަގަކޮށްލެވޭ ހިދުމަތްތައް ކޮށްދެއްވާފައިވާ ކަނބަލުންގެ، ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ދޭ އެވޯޑެކެވެ. މި އެވޯޑް މައިގަނޑު ފަސް ދާއިރާއަކުން ވަނީ ދިނުމަށް ނިންމާ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ޑިމޮކްރެޓްސްގެ ޕްރައިމަރީ ހަތަރު ދާއިރާއެއްގައި އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓިކްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ހަތަރު ދާއިރާއެއްގައި އެ ޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމައި، އެ ދާއިރާތަކުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓް މިއަދު އާންމުކޮށްފިއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާ 5 ޖެނުއަރީ 2023 ގައެވެ. ދަ ޑިމޮކްރެޓްސް އިން މިއަދު ބުނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި ބީއެމްއެލުން ސްޓޫޑެންޓް ލޯނާއި ފައިންނޭސިން ކުޑަކޮށްފި ކިޔެވުމަށް ދޫކުރާ ލޯނާއި ފައިނޭންސިންގެ ރޭޓު 2.5 އިންސައްތައަށް ބޭންކް އޮފް މޯލްޑިވްސްއިން ދަށްކޮށްފިއެވެ. ބީއެމްއެލްއިން ބުނީ މި ބަދަލު ގެނެސްފައި ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައިކަމަށެވެ. އެގޮތުން، މިހާރު ނަގާފައިވާ ފެސިލިޓީގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީތަކަށްވެސް އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަނޑައަޅާފައިވަނީ މި ރޭޓުތައްކަމަށެވެ. ރޭޓުތައް ދައްކުރުމުގެ އިތުރުން ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫގައި އުޅޭ ބިދޭސީ މަސައްކަތްތެރިނަށް ހާއްސަ މެޑިކަލް ކޭމްޕެއް ކުރިއަށް ގެންގޮސްފި ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަ މެޑިކަލް ކޭމްޕެއް އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ މި މެޑިކަލް ކޭމްޕް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުން 27 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޭމްޕްގައި އެ ރަށުގައި މަސައްކަތްކުރާ 505 ބިދޭސީއެއްގެ މެޑިކަލް ޓެސްޓްތައް ހަދާފައިވެއެވެ. ހަނިމާދޫގައި މިވަގުތު ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ކުންފުނިން ކުރަމުން އަންނައ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި ތެލެސީމިއާ ހޮސްޕިޓަލް ހަދަން އުރީދޫއިން އެހީވަނީ ތެލެސީމިއާ ހޮސްޕިޓަލް ހެދުމަށް އުރީދޫ މޯލްޑިވްސް އިން ސަރުކާރަށް އެހީވާން ނިންމައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަ ކުރެއްވީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލޮކް އެފެއާޒް އަބްދުﷲ ނާޒިމެވެ. މި ހޮސްޕިޓަލް ހަދަން އުރީދޫއިން އެހީވަނީ އެ ކުންފުނިން ދައުލަތަށް ދައްކާ ފީ ކުޑަކޮށްދޭ ގޮތަށެވެ. އެގޮތުން، 100 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ހިދުމަތް ދިނުމަށް 2005 ވަނަ އަހަރު […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ވިޔަފާރި ރާއްޖޭގައި އަލުން ހެލިކޮޕްޓަރުގެ ހިދުމަތް ފަށަނީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ތައާރަފުކުރުމަށް ނިންމައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޒިމް ވިދާޅުވީ، އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާފައިވާކަމަށެވެ. މިގޮތަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނު ކަރުދާހާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުއެވެ. ނާޒިމް ވިދާޅުވީ މެޑިކަލް އަދި ސާޗް އެންޑް ރެސްކިއުގެ އިތުރުން އާންމު ދަތުރުތަކަށް ހެލިކޮ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން