ރާއްޖެ ޝަމީމަށް ހަމަލާ ދިން މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ: އެމްޑީޕީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުން ހޯދައި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝަމީމަށް މަގުމަތިން ދިން ހަމަލާ އެމްޑީޕީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ މެދުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ވ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިންގެ ބަޔަކު އެރިކަމަށް ބުނާ މައްސަލަ ދަނީ ބަލަމުން: އެމްއެންޑީއެފް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް، ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިންގެ ބަޔަކު އެރިކަމަށް ބުނާ މައްސަލަ ބަލަމުން އަންނަކަމަށް ދިވެހި އަސްކަރިއްޔާއިން ބުނެފިއެވެ. އދ. މަހިބަދޫ ”އަސުރުމާ3” ދޯނި ރާއްޖޭގެ އިމުގެ ތެރޭގައި މަސްވެރިކަމުގައި އުޅެނިކޮށް އިންޑިއާ ސިފައިންގެ ބަޔަކު އެ ދޯންޏަށް އަރާފައިވާކަމަށާއި، އެކަން ބަލައިދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ވަނީ މަސްވެރިކަމާބެހޭ ވުޒާރާއާއި އަދި އެމްއެންޑީއެފްގައި އެދިފައެވެ. އެ ޖަމިއްޔާއިން އެގޮތައް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މަސްވެރިކަމުގައި އުޅުނު އަސުރުމާ ދޯންޏަށް އިންޑިއާ ސިފައިން އަރައިފި، މިކަން ބަލައިދީ: ބީކޭއެމްޔޫ އދ. މަހިބަދޫ ”އަސުރުމާ3” ދޯނި މަސްވެރިކަމުގައި އުޅެނިކޮށް އިންޑިއާ ސިފައިންގެ ބަޔަކު އެ ދޯންޏަށް އަރާފައިވާކަމަށާއި، އެކަން ބަލައިދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން އެދިއްޖެއެވެ. ބީކޭއެމްޔޫ މިގޮތައް އެދުނީ މަސްވެރިކަމާބެހޭ ވުޒާރާއާއި އަދި އެމްއެންޑީއެފް ޓެގްކޮށް ”އެކްސް”ގައި ކުރި ޕޯސްޓެއްގައެވެ. ބީކޭއެމްޔޫއިން ބުނީ އެ ދޯނި މަސްވެރިކަން ކުރަމުން ދިޔައީ ރާއްޖޭގެ ސަރަހައްދުގައި ކަމަށެވެ. އަދި އެ ދޯންޏާއި އިންޑިއާގެ މަނަވަރެއްކައިރިކޮށް ސިފައިން އެ ދޯންޏަށް އަރާފައިވާކަމުގ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ނަފްސާނީ ފަރުވާގައި ދިވެހި ޅެން ބޭނުން ކުރުމުގެ ޢިލްމީ މަސައްކަތް އެކުލަވާލަން މަޝްވަރާކޮށްފި ނަފްސާނީ ފަރުވާގައި ދިވެހި ޅެން ބޭނުން ކުރުމުގެ ޢިލްމީ މަސައްކަތް އެކުލަވާލަން ކަމާބެހޭ ބައެއް މުއައްސަސާތަކުން މަޝްވަރާކޮށްފިއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބުނީ، ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމާއި، ނަފްސާނީ ފަރުވާގައި ދިވެހި ޅެން ބޭނުން ކުރުމުގެ ޢިލްމީ މަސައްކަތް އެކުލަވާލައި ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން ކަމާގުޅޭ ބައެއް މުއައްސަސާތަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. މި މަޝްވަރާކުރިއަށް ގެންގޮސްފައިވާއިރު، ނަފްސާނީ ފަރުވާގައ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވާތީ ދިއްދޫގައި ހާއްސަ ހަރަކާތެއް ތިލަދުންމަތީ އުތުރުބުރީ ވެރިކަންކުރާ ދިއްދޫގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އިތުރުވަމުން އަންނާތީ އެކަން ދެނެގަތުމަށް ހާއްސަ ހަރަކާތެއް ހިންގުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން ބުނީ ބިދޭސީ މަސައްކަތްތެރިން ގެންގުޅުމަށް ދައުލަތުން އެކުލަވާލާފައިވާ އުސޫލުތަކާއި ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އެ ރަށުގައި ދިރިއުޅެމުންދާކަން ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ ކައުންސިލުން އިތުރަށް ބުނީ ބިދޭސީ މަސައްކަތްތެރިން އެ ރަށުގައި ގެންގުޅެންވާނީ ކައު... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ޕީޖީ ޝަމީމަށް ހަމަލާދިނީ ސައިކަލެއްގައި އައި ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދިނީ ސައިކަލެއްގައި އައި ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެންކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ. މިއަދު ބަޔަކު ޕީޖީ ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާތީ، ޕީޖީ ޝަމީމަށް ދިން އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުން ޕީޖީ އޮފީހުން ބުނީ، މިކަން ހިނގާފައި ވަނީ މިއަދު ހެނދުނު ފަތިހުގެ ވަގުތެއްގައި މާލޭގެ މަގުމަތީގައި ކަމަށެވެ. ޕީޖީ އަށް ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެން ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައު 819 މިލިއަން ރުފިޔާ އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. އެސްޓީއޯ އިން އިއްޔެ އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ހަތަރުވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއާ އަޅާ ބަލާއިރު 2.7 އިންސައްތައިގެ ދަށްވުމެކެވެ. ތިންވަނަ ކުއާތަރުގައި އެ ކުންފުންޏަށް […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ޕީއެންސީ/ޕީޕީއެމް ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުންނާ ރައީސް މުޢިއްޒު ބައްދަލުކުރައްވައިފި ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުންނާއި، އެ އިއްތިހާދުގެ ލީޑަރު، ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ބައްދަލުކުރައްވައިފިއެވެ. މި ޕްރައިމަރީގެ ވޯޓުލުން އޮތީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުން ބުނީ، އެ ޕްރައިމަރީގައި ކާމިޔާބު ހޯދި ކެންޑިޑޭޓުންނާއި ރައީސް މުޢިއްޒު ރޭ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ނައިބު ރައީސް، ޕީއެންސީގެ ވެސް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާއި، ޕީއެންސީ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އެމްޑީޕީން ހަދަނީ ދޮގު، ހަގީގަތް ނުބަލާ އަބުރަށް އަރައިގަތުމަކީ ނާތަހުޒީބު ޢަމަލެއް: ޝަހީމް އެއްވެސް ކަމެއްގައި އަމިއްލަ މަސްލަހަތު އިސްކޮށް، ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައި ނުވާނެކަމަށާއި، އޭނާ އާއި ގުޅުވައިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ދެއްކީ ހަގީގަތާއި ޚިލާފް ވާހަކައެއްކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒުގެ މެނިފެސްޓޯ ތާރީޚްތަކަށް ތަންފީޒުކުރުމުގެ މަސައްކަތުގައާއި، އި އިސްލާމީކަންތައްތަކާބެހޭ ވުޒާރާއާއި މަތިކޮށްފައިވާ މަސްޢޫލިއްޔަތައް އަދާކުރެއްވުމުގައި އަވަދިނެތި އުޅުއްވަނިކޮށ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޕީޖީ ޝަމީމަށް މަގުމަތިން ހަމަލާދީފި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް މަގުމަތިން މީހަކު ހަމަލާދީފިއެވެ. ފުލުހުން މިއަދު ބުނީ، ޕީޖީ ޝަމީމަށް މާލޭގެ މަގެއްގެ މަތިން މީހަކު ހަމަލާދީފައިވާކަމުގެ ރިޕޯޓު އެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ. އެ މަލާގައި ލިބުނު އަނިޔާއަށް ޝަމީމަށް މިހާރު އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ. ”ހަމަލާދީފައި ވަނީ ތޫނުއެއްޗަކުން ނޫންކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ” ފުލުހުން ބުނެފަވެއެވެ. ފުލުހުން އިތުރަށް ބުނިގޮތުގައި އެ އިދާރާއިން ދަނީ މި މައްސަލަ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ބޮޑު ވައްކަމުގެ މައްސަލައެއްގައި ތުހުމަތުވާ ދެ މީހަކު ހައްޔަރުކޮށްފި މާލޭގެ ގެއަކުން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނެގި މައްސަލައެއްގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި ދެ މީހަކު ހައްޔަރުކޮށްފައި ވަނީ ހ. ތިމާވެށި، ފަސްވަނަ ފަންގިފިލާއިން ވައްކަންކުރިކަމުގެ ތުހުމަތުގައި ކަމަށެވެ. އެ ގެއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނަގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ. މި މައްސަލައާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ހ. ތިމާވެށި، ފަސްވަނަ ފަންގިފިލާއިން ވަގަށްނެގި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ނޮޓިންހަމް ބަލިކޮށް އާސެނަލް ކުރިއަށް ޖެހިލައިފި އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް އާސެނަލް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު އާސެނަލަށް ވަނީ 22 މެޗުން 46 ޕޮއިންޓް ލިބިފައެވެ. މިވަގުތު ތާވަލުގެ އެއްވަނާގައި އޮތީ ލިވަޕޫލެވެ. އެ ޓީމަށް 21 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލަށްވުރެ ދެ މެޗު މަދުކޮށްކުޅެ ސިޓީ އޮތީ ތިންވަނާގައެވެ. […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ރާއްޖެ އާއި ލަންކާއާ ދެމެދު މާޗް 1 ގައި އެއާ އެމްބިއުލާންސްގެ ދަތުރުތައް ފަށަނީ ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއާ އެމްބިއުލާންސްގެ ދަތުރުތައް އަންނަ މާޗް 1 ގައި ފެށުމަށް ނިންމައިފިއެވެ. ރަސްމީ ދަތުރެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިވަގުތު ހުންނެވީ ސްރީލަންކާގައެވެ. އެ ދަތުރުގައި އަމީން ވަނީ ޕޯޓްސް، ޝިޕިން އަދި އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލާ ދި ސިލްވާއާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. ހާއްސަކޮށް ދަތުރުފަތުރު ކުރުމުގެ ދާއިރާ އިން ގުޅުން […] މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯ ހެއްޔާ މަކިޓާ މުބާރާތުގެ މުއްދަތު އިތުރުކޮށްފި އެސްޓީއޯއިން މިދިޔަ ނޮވެމްބަރު މަހު ފެށި ހެއްޔާ މަކިޓާ މުބާރާތުގެ މުއްދަތު އެ ކުންފުނިން އިތުރުކޮށްފިއެވެ. އެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވީ މިދިޔަ ބުރާސްފަތި ދުވަހަށެވެ. ނަމަވެސް އެސްޓީއޯ އިން މިއަދު ވަނީ މުބާރާތުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ 15 އާ ހަމައަށް އިތުރުކޮށްފައެވެ. އެސްޓީއޯ އިން ބުނި ގޮތުގައި މުބާރާތުގެ މުއްދަތު އިތުރުކުރީ ބައިވެރިވާން ބޭނުންވާ މީހުނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުންނެވެ. މި މުބާރާތުގައި މަކިޓާ ޕަވާޓޫލް ބޭނުންކޮށްގެން ދިވެހިންގެ ފަންނުވެރިކަން [... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފިނޭގެ ޓޫރިޒަމް ޒޯނުން ބިމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި ތިލަދުންމަތީ ދެކުނުބުރީ ފިނޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމަށް އަށް ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމައި ބިޑް ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ކައުންސިލުން ނިންމާފައި ވަނީ ގެސްޓް ހައުސް ވިޔަފާރިއަށް 5000 (ފަސްހާސް) އަކަފޫޓުގެ 6 ބިމެއް ކުއްޔަށް ދޫކޮށްލުމަށެވެ. އަދި 10000 (ދިހަހާސް) އަކަފޫޓުގެ 2 ބިމެއް ސިޓީހޮޓާ ވިޔަފާރިއަށް ދޫކުރުމަށެވެ. މި ބިންތަކަށް އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުގެ 12:00 […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން