މިއަދު ކުރިއަށް ދިޔަ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި، އެ އިއްތިހާދުގެ ހއ. އިހަވަންދޫ ދާއިރާގެ ޓިކެޓް އަހްމަދު ނަސީރު ކާމިޔާބުކޮށްފިއެވެ.

ނަސީރު (ރަށްމެދުގެ/އިހަވަންދޫ) ޓިކެޓް ކަށަވަރުކުރީ އެ ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި މަޝްހޫރު ފިލްމީ ފަންނާނު، މުހައްމަދު އަބުދުﷲ (މުހައްމާ)، އުސްހަކުރުގެ/އިހަވަންދޫ) އަދި ހާޝިމް މުހައްމަދު، (ހަވީރީގެ/އިހަވަންދޫ)ގެ މައްޗަށް މިއަދުގެ ޕްރައިމަރީގައި ކުރި ހޯދައިގެންނެވެ.

Ad
rt

ހއ.ގެ އެހެން ދާއިރާތަކަށް ބަލާއިރު، ކެލާ ދާއިރާގެ ޓިކެޓް ކަށަވަރުކުރީ އަބުދުﷲ ޝަރީފް (ވީސަންގެ/ހއ. ފިއްލަދޫ) އެވެ. އޭނާ އާއި ވާދަކުރީ ކެލައަށް ނިސްބަތްވާ އާދަމް ފާޒިލް އެވެ.

ހޯރަފުށީ ދާއިރާ އާއި ބާރަށު ދާއިރާ ޓިކެޓް ކުރީން ވަނީ ކަށަވަރުވެފައެވެ. މިގޮތުން ހޯރަފުށީ ދާއިރާގެ ޓިކެޓް އަލީ މޫސާ އަށް، ބާރަށު ދާއިރާގެ ޓިކެޓް އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާޢު ވަނީ ލިބިފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގައި ހިމެނޭ ޕާޓީ ތަކަކީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ.